ހިޔާ ނުވަތަ ވެށިފަހި މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭނެކަމުގެ ލިޔުން ލިބި، ނަމަވެސް މިހާތަނަށް ފްލެޓް ލިބިފައިނުވާ ފަރާތްތަކަށް "ބޯހިޔާވަހިކަން އެންމެންނަށް" ސްކީމްގެ ޚާއްސަ ކެޓަގަރީއަށް ކުރިމަތިލުމުގައި ސަރުކާރުން ލުއިތަކެއް ދީފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ، މި ކެޓަގަރީއަށް ކުރިމަތިލާއިރު ފްލެޓް ލިބޭނެ ކަމުގެ ރަސްމީ ލިޔުން އަތުގައި ނެތް ފަރާތްތަކަށް، ފްލެޓް ލިބޭނެކަން ސާބިތުކޮށްދޭ އެހެން ލިޔުމެއް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން، ކަމާގުޅޭ އިދާރާއަކުން ކުރިން އާންމުކޮށްފައިވާ ލިސްޓެއް ނުވަތަ ދޫކޮށްފައިވާ އެހެން އެއްވެސް ރަސްމީ ލިޔުމަކުން އެފަރާތަކަށް ފްލެޓް ލިބޭނެކަން ކަށަވަރުވާނަމަ، އެފަދަ މަޢުލޫމާތެއް ނުވަތަ ލިޔުމެއް ހުށަހެޅިދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން ފްލެޓް ދޫކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ މައިގަނޑު ބައިތަކުގެ ތެރޭގައި ހިމެނެނީ، މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ރަށްވެހިވެފައި ނުވާ، ނަމަވެސް މާލޭގައި ދިރިއުޅޭ މީހުންނަށް 1،500 ފްލެޓް އަދި ޚާއްސަ ކެޓަގަރީތަކަށް 2،400 ފްލެޓެވެ.
ސަރުކާރުން މިފަދަ ލުޔެއް ދީފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ "ބޯހިޔާވަހިކަން އެންމެންނަށް" މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި މަޝްރޫޢަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭގަނޑު 11:59 އެވެ.
ސަރުކާރުން ދީފައިވާ މި ލުއިތަކާއެކު، ކުރީގެ މަޝްރޫޢުތަކުން ފްލެޓް ކަށަވަރުވެފައިވާ ނަމަވެސް ލިޔެކިޔުންތައް ގެއްލިފައިވާ ނުވަތަ ނުލިބިވާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދުމުގެ މަގު މިވަނީ އިތުރަށް ފަހިވެފައެވެ.

ހިޔާ ނުވަތަ ވެށިފަހި މަޝްރޫޢު އިން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، ފުލެޓް ނުލިބޭ ފަރާތްތަކަށް ޚާއްސަ ކެޓަގަރީއަށް އެޕްލައި ކުރުމުގައި، ފުލެޓު ލިބޭނެ ކަމުގެ ލިޔުން ނެތްނަމަ، ފުލެޓް ލިބޭނެކަން ސާބިތުކޮށްދޭ އެހެން ލިޔުމެއް ހުށަހެޅިދާނެއެވެ. އެގޮތުން ކަމާގުޅޭ އިދާރާއަކުން…
— Ministry of Construction, Housing & Infrastructure (@MoCImv) February 19, 2026
ސަރުކާރުން މިފަދަ ލުޔެއް ދީފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ "ބޯހިޔާވަހިކަން އެންމެންނަށް" މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި މަޝްރޫޢަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭގަނޑު 11:59 އެވެ.
ސަރުކާރުން ދީފައިވާ މި ލުއިތަކާއެކު، ކުރީގެ މަޝްރޫޢުތަކުން ފްލެޓް ކަށަވަރުވެފައިވާ ނަމަވެސް ލިޔެކިޔުންތައް ގެއްލިފައިވާ ނުވަތަ ނުލިބިވާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދުމުގެ މަގު މިވަނީ އިތުރަށް ފަހިވެފައެވެ.
ކިޔުންތެރިންގެ ހިޔާލު