އިލެކްޝަންތަށް ބާއްވައިގެން ޚަރަދު ބޮޑުވާތީ އެކަމާ ދިވެހި އެއްވެސް ރައްޔިތަކު ކަންބޮޑުވެގެން ނޫޅޭ ކަމަށާއި، ޚަރަދުބޮޑުވެގެން އުޅެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ވިދާޅުވީ، އިލެކްޝަންތަށް ބާއްވާތީ ޚަރަދު ބޮޑުވެގެން އުޅޭ ރައްޔިތަކާއި މިހާތަނަށް އޭނާ އާއި ބައްދަލުވެފައިނުވާ ކަމަށެވެ. ރައްޔިތުންގެ ބަހެއް ހޯދުމަށް ބާއްވާ އިންތިޚާބުތަކަށް ކުރާ ޚަރަދު ބޮޑުވެގެން ސަރުކާރުން ވާހަކަދައްކާއިރު، އެހެން ބޭކާރު ކަންކަމަށް ސަރުކާރުން ބޮޑެތި ޚަރަދުތަކެއް ކުރަމުންދާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"އަޅުގަނޑަކަށް ދިމައެއް ނުވޭ ދިވެހި ރައްޔިތުންގެ އެއްވެސް މީހެއްވެސް އިލެކްޝަން ބާއްވައިގެން ޚަރަދު ބޮޑުވެގެން އުޅޭ ކަންބޮޑުވުމެއް. އެކަނި ކަންބޮޑުވެގެން މިއުޅެނީ ރައީސް މުޢިއްޒު އިލެކްޝަން ބޭއްވީމާ ޚަރަދުތަކެއް ދާތީވެ،" ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ފައްޔާޒު ފާހަގަކުރެއްވި ގޮތުގައި ކޮންމެ ފަސް އަހަރަކުން އެއްފަހަރު ބާއްވާ އިންތިޚާބަކަށް ގާތްގަނޑަކަށް 45 މިލިއަން ރުފިޔާ ޚަރަދުވެއެވެ. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ވަކިން ބޭއްވުމުން 120 މިލިއަނެއްހާ ރުފިޔާ ހިނގާއިރު، ދެ އިންތިޚާބު އެއްކޮށްލައިގެން ސަލާމަތް ކުރެވެނީ އެންމެ 30 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ބަދަލު ގެނައުމަށް ސަރުކާރުގެ އިޚްލާޞްތެރިކަމެއް ނެތްކަން ހާމަކުރައްވަމުން ފައްޔާޒު ވިދާޅުވީ، ޢީދު ބޮކި ޖަހަން 50 މިލިއަން ރުފިޔާ އަދި ޑްރޯން ޝޯތަކާއި އެ ނޫންވެސް ކަންކަމަށް މިލިއަނުން ޚަރަދު ކުރާއިރު، ރައްޔިތުންގެ ބަސް ހޯދަން ކުރާ ޚަރަދު ބޮޑުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޑްރޯން ގަތުމަށް އެކަނިވެސް 5 މިލިއަން ޑޮލަރު (70 މިލިއަން ރުފިޔާ) ޚަރަދުކޮށްފައިވާކަން ފައްޔާޒު ވަނީ ފާހަގަކުރައްވާފައެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ހަރަދު ބޮޑުވެގެން އުޅެނީ ރައީސް މުއިއްޒުއަށް. ރައީސް މުއިއްޒުއަށް ވޯޓު މި ލިބެނީ ދިވެހި ރައްޔިތުންނަށް ރިޝްވަތު ދީގެން ވޯޓު ގަނެގެން. އެހެންވީމަ ދެ އިންތިހާބު ބާއްވައިފިއްޔާމު ރައީސް މުއިއްޒު ހަރަދު ކުރައްވަންޖެހޭ ކޮންމެ އިންތިހާބަކަށް ވަކިން ފައިސާ،" ފައްޔާޒު ތުހުމަތު ކުރެއްވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ ދެ އިންތިޚާބު އެއްކޮށްލުމުން ރައީސަށް ކުރަންޖެހޭ ޚަރަދު ކުޑަވި ނަމަވެސް، އޭގެ ސަބަބުން ރައްޔިތުންނަށް ލިބޭ މަންފާ ކުޑަވާ ކަމަށެވެ. އަދި މިފަދަ ބޮޑު ބަދަލެއް ގެންނަންވާނީ މަޖިލީހުގައި ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، ރައްޔިތުން ހޭލުންތެރިކުރުވުމަށްފަހު ކަމަށާއި، ރަމަޟާން މަހުގެ ތެރޭގައި ކުއްލިއަކަށް މިފަދަ ރިފަރެންޑަމަކަށް ދިއުމަކީ ޑިމޮކްރެޓިކް ނިޒާމާ ބީރައްޓެހި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ފައްޔާޒު ވަނީ ދެ އިންތިޚާބު އެއްކޮށްލުމާ ދެކޮޅަށް "ނޫނެކޭ" ބުނުމަށާއި، އެކަމާ ދެކޮޅަށް އެމްޑީޕީން މަސައްކަތް ކުރަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު