އިސްލާމްދީނަކީ އަންހެނުންނަށް ވަރަށް މަތިވެރި ދަރަޖައެއް ދީފައިވާ ދީނެކެވެ. ރަސޫލުﷲ ﷺ ގެ ޙަދީޘްފުޅެއްގެ މާނައިގައިވާ ގޮތުން، އަންހެނަކު ސުވަރުގެ ވަނުމަށްޓަކައި ފުރިހަމަކުރަންޖެހޭ އަސާސީ ހަތަރު ކަމެއް ވެއެވެ.
އެއީ ފަރުޟު ފަސް ނަމާދު ކުރުމާއި، ރަމަޟާން މަހުގެ ރޯދަ ހިފުމާއި، އަމިއްލަ ނަފްސާއި ޢިއްފަތްތެރިކަން ރައްކާތެރިކުރުމުގެ އިތުރުން، ހެޔޮ ކަންކަމުގައި ފިރިމީހާއަށް ކިޔަމަންތެރިވުމެވެ.
ޞަޙީޙް އިބްނު ޙިއްބާނުގައި ރިވާވެގެންވާ މި މަތިވެރި ޙަދީޘްފުޅުގައިވާ ގޮތުން، މި ދެންނެވި ކަންތައްތައް ފުރިހަމަކުރާ އަންހެނާއަށް، ސުވަރުގޭގެ ދޮރުކޮޅުތަކުގެ ތެރެއިން އެކަނބަލަކު ބޭނުން ދޮރުކޮޅަކުން ސުވަރުގެ ވަނުމުގެ އިޚުތިޔާރު ލިބިގެންވެއެވެ.
މިއީ އަންހެނުންނަށް ދެއްވާފައިވާ ވަރަށް ބޮޑު އުފާވެރި ޚަބަރެއްގެ އިތުރުން، އާޚިރަތް ބާއްޖަވެރިކުރުމަށް އޮތް ފަސޭހަ މަގެއްކަން ޔަގީނެވެ.

ކިޔުންތެރިންގެ ހިޔާލު