ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރު އިއްވެވި ރިޔާސީ ބަޔާނުގައި ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް ކަނޑައަޅުއްވާފައިވާ އަމާޒުތަކާއި، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހާސިލުކޮށްފައިވާ އަމަލީ ނަތީޖާއާ ދެމެދު ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ޚާއްސަކޮށް، ރަށްރަށުގެ ބަނދަރު ހެދުމުގެ މަޝްރޫއުތައް ކުރިއަށްދާ ދުވެއްޔަށް ބަލާއިރު، ރައީސް އިއުލާނުކުރެއްވި ތާރީޚުތަކަކީ އަމަލީ ގޮތުން ހާސިލުކުރެވޭނެ އަމާޒުތަކެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް 19 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 118 ބަނދަރެއްގެ މަސައްކަތް ނިންމަވާނެ ކަމަށެވެ. ނަމަވެސް، ސަރުކާރުގެ ވޭތުވެދިޔަ ދެ އަހަރުގެ ރެކޯޑުތަކަށް ބަލާއިރު، މިހާތަނަށް ނިންމާލެވިފައިވަނީ އެންމެ 14 ބަނދަރެވެ. މިއީ އަހަރަކު އެވްރެޖްކޮށް 7 ބަނދަރުގެ މަސައްކަތެވެ. މިހާރު މަސައްކަތް ކުރިއަށްދާ މި ދުވެލީގައި، ބާކީ ހުރި ކުރު މުއްދަތުގެ ތެރޭގައި 100 އަށްވުރެ ގިނަ ބަނދަރު ނިންމުމަކީ އާދައިގެ ދުވެއްޔަކުން ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރެވެއެވެ.
މި ތަފާސްހިސާބުތަކަށް ރިއާޔަތްކުރާއިރު، ރިޔާސީ ބަޔާނުގައިވާ އަމާޒަށް ވާސިލުވުމަށްޓަކައި ސަރުކާރުގެ މަސައްކަތުގެ ދުވެލި މިހާރަށްވުރެ އެތައް ގުނައެއް ހަލުވިކުރަން ޖެހެއެވެ. ނޫންނަމަ، މިއީ ރައްޔިތުންނަށް ދެއްވި ހަގީގަތާ ނުބައްދަލު އުންމީދުތަކެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުންނާއި އާންމުން ދަނީ ސިފަކުރަމުންނެވެ. މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރިއަށްދާ ގޮތް ވަޒަންކޮށް، ސަރުކާރުގެ ވައުދުތަކުގެ ތެދުދޮގު ރައްޔިތުން ނިންމާނެ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު