ޑުބާއީގެ ފިހާރައެއްގެ ދޮރުމަތިން މީހެއްގެ ހުންހުރި މިންވަރު ބަލަނީ. (ފޮޓޯ: ރެއުޓާސް)
ޑުބާއީގެ ފިހާރައެއްގެ ދޮރުމަތިން މީހެއްގެ ހުންހުރި މިންވަރު ބަލަނީ. (ފޮޓޯ: ރެއުޓާސް)
ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީގެ 9.9 މިލިއަން މީހުންގެ އާބާދީގެ، 100،794 މީހުންނަށް ކޯވިޑް ޖެހިފައިވާކަމަށް ޔޫއޭއީގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަން އިން އަންގާރަ ދުވަހު ހާމަކޮށްފިއެވެ.

ވޭތުވެދިޔަ ދެމަހާ އަޅާ ބަލާފަ ޔޫއޭއީގައި ބަލި ފެތުރެމުން ދާލެއް ހަލުއި ކަމަށްވެސް ޔޫއޭއީގެ އިދާރާ ތަކުން ހާމަކޮށްފައިވެއެވެ. މިގޮތުން މީގެ ދެމަސް ކުރިން، ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު 164ގައި އުޅުނު ނަމަވެސް، މިއަދަދު މައްޗަށްގޮސް، މިދިޔަ ހޮނިހިރު ދުވަހު އެކަނިވެސް ހާހަކަށްވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ޔޫއޭއީގެ ހެލްތު މިނިސްޓްރީން ބުނާގޮތުގައި، ހޮނިހިރު ދުވަހު ބައްޔަށް ފައްސިވި 1،231 މީހުންނާ އެކު ހޮނިހިރު ދުވަސްވެފައިވަނީ، އެގައުމުގައި އެއްދުވަހުގެ ތެރޭގައި އެންމެ ގިނަމީހުންނަށް ކޮވިޑް ޖެހުނު ދުވަހަށެވެ.

ޔޫއޭއީގައި މިހާތަނަށް 10 މިލިއަނަށް ވުރެ ގިނަ ކޮވިޑް ޓެސްޓް ހެދިފައިވާއިރު، ޔޫއޭއީގެ ހެލްތު މިނިސްޓްރީން ހާމަކުރި އަންގާރަދުވަހުގެ ތަފާސް ހިސާބު ތަކުން ދައްކާގޮތުގައި، ޔޫއޭއީގައި މިހާތަނަށް ކޮވިޑް ޖެހިގެން 435 މީހުން މަރުވެފައިވެއެވެ. އަދި 90،556 މީހުން މިބަލިން ރަނގަޅުވެފައިވެސް ވެއެވެ.

ޔޫއޭއީގެ އިތުރުން އަރަބި ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ތެރެއިން ކުވައިތު އަދި އޮމާން ގައިވެސް ބަލިޖެހުނު މީހުންގެ އަދަދު 1 ލައްކައަށްވުރެ މައްޗަށް ގޮސްފައިވާކަމަށް އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން