މީމު އަތޮޅު ފެންބޯފިނޮޅުގައި އެކަނިވެރިވެފައިވާ ބުޅަލެއް ސަލާމަތްކުރުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ރެސްކިއު ގިންޖާ" ގެ މަސައްކަތް ޒޫފިލިސްޓް ސޮސައިޓީ އޮފް މޯލްޑިވްސްގެ ރެސްކިއު ޓީމުން މިއަދު ފަށައިފިއެވެ.

މި ބުޅަލަކީ އެ ރަށަށް ޒިޔާރަތްކުރި ފަތުރުވެރިއަކަށް ފެނިގެން ރިޕޯޓްކޮށްފައިވާ ބުޅަލަކަށްވާއިރު، ރެސްކިއު ޓީމުން މިއަދު ހެނދުނު 05:30 އިން 10:00 އަށް އެ ރަށުގެ އެކި ސަރަހައްދުތައް ބަލައި ފާސްކޮށްފައިވެއެވެ.





މި ހޯދުންތަކުގެ ތެރެއިން ރަށުގެ ގޮނޑުދޮށުގެ ވެލިގަނޑުމަތިން ބުޅަލުގެ ގިނަ އަދަދެއްގެ ފިޔަވަޅުތައް ފެނިފައިވީ ނަމަވެސް، ބުޅާ ފިލައިގެން އުޅޭތީ އަދި ސަލާމަތްކުރެވޭ ގޮތް ވަނީ ނުވެފައެވެ.

އެހެންކަމުން، ބުޅަލަށް ބޭނުންވާ ތާޒާ ކާނާއާއި ފެން އެ ސަރަހައްދުގައި ބެހެއްޓުމަށްފަހު، ޓީމުން މިހާރު ވަނީ މިއަދުގެ މަސައްކަތް ނިންމާލާފައެވެ. ޒޫފިލިސްޓް ސޮސައިޓީން ބުނިގޮތުގައި ބުޅާ ހޯދުމުގެ ދެވަނަ ބުރު މާދަމާ ހެނދުނު އަލުން ފަށާނެއެވެ.



ކިޔުންތެރިންގެ ހިޔާލު