ޓަމިލްނާޑޫގެ ސްކޫލް މަންހަޖުގައި ކީރިތި ރަސޫލާ (ޞ.ޢ.ޥ) ގެ ސިޔަރަތާއި އުނގަންނައިދެއްވުންތައް ހިމަނައިފިކަން އެ ސްޓޭޓްގެ ޗީފް މިނިސްޓަރ އެމް.ކޭ. ސްޓާލިން އިޢުލާން ކުރައްވައިފިއެވެ.
ސްޓާލިން މިކަން ހާމަކުރެއްވީ ކީރިތި ރަސޫލާގެ ޒިކުރާ އާކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ނިންމުމަކީ ތަފާތު ދީންތަކާއި ފިކުރުތަކުގެ ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި، އިންސާފާއި، އަދި އެކަކު އަނެކަކަށް އިޙްތިރާމްކުރުން ފަދަ މަތިވެރި އަޚްލާޤީ ސިފަތައް އަށަގެންނެވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޗީފް މިނިސްޓަރ ސިފަކުރެއްވިއެވެ.
މި އިޢުލާނާ ގުޅިގެން ސްޓާލިން އިތުރަށް ވިދާޅުވީ، ރަސޫލާގެ އުނގަންނައިދެއްވުންތަކުގައި ހިމެނޭ އޯގާތެރިކަމާއި ހަމަހަމަކަމުގެ މެސެޖަކީ މިއަދުގެ މުޖުތަމަޢަށް ނުހަނު ބޭނުންތެރި ފިލާވަޅުތަކެއް ކަމަށެވެ. އަދި މިއީ ތަޢުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންނަށް ރަނގަޅު މިންގަނޑުތަކެއް ދަސްކޮށްދީ، އެކި ދީންތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މި ފިޔަވަޅަކީ ޓަމިލްނާޑޫ ސަރުކާރުން ހުރިހާ ދީންތަކަކަށް އިޙްތިރާމްކޮށް، ވަކި ފަރާތަކަށް ނުޖެހި ތަޢުލީމު ފޯރުކޮށްދިނުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ނިންމި ނިންމުމެކެވެ.

ކިޔުންތެރިންގެ ހިޔާލު