އަތޮޅުތެރޭގެ ރަށްތަކުގެ ސިއްހީ ޚިދުމަތް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އިތުރު 11 ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ގާއިމުކޮށް ނިމިފައިވާކަމަށް މިނިސްޓްރީ އޮފް ހެލްތުން އިއުލާނުކޮށްފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުން އަސާސީ ލެބޯޓްރީގެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިންމު ވައުދެކެވެ. އެގޮތުން މި އަހަރު ނިމުމުގެ ކުރިން ލެބޯޓްރީގެ ޚިދުމަތް ނެތް 76 ރަށެއްގައި މި ޚިދުމަތް ގާއިމުކުރުމަކީ ހެލްތު މިނިސްޓްރީގެ އަމާޒެކެވެ.

މިނިސްޓްރީން މިއަދު ބުނީ، ލެބޯޓްރީގެ ޚިދުމަތް ނެތް 76 ރަށެއްގައި އެ ޚިދުމަތް ގާއިމުކުރުމަށް ފެބުރުވަރީ 2024 ގައި ފެށި ހާއްސަ މަޝްރޫއުގެ ދަށުން، މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ވަނީ މުޅިންއަލަށް 11 ރަށެއްގައި ލެބޯޓްރީ ގާއިމުކޮށް، ޚިދުމަތް ދޭން ފަށާފައި ކަމަށެވެ.



މި ޚިދުމަތްތައް ގާއިމުވުމާއެކު، އާދައިގެ ލޭގެ ތަހުލީލުތައް ކުރުމަށް ރަށްރަށުގެ ރައްޔިތުން އެހެން ރަށްރަށަށް ކުރަންޖެހޭ ދަތުރުތަކަށް ނިމުމެއް އައިސް، ސިއްހީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެގެންދާނެއެވެ.

ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމަކީ ރައްޔިތުންނަށް ފަސޭހައިން ވާސިލުވެވޭ، ފެންވަރު ރަނގަޅު، އިތުބާރުކުރެވޭ ނިޒާމަކަށް ހެދުމަށް މި ސަރުކާރުންދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު