އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭލީ މެކަނޭނީ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭލީ މެކަނޭނީ.
ވައިޓް ހައުސްގައި ޓްރަމްޕް ގެ އެންމެ އަރިހުގައި މަަަސައްކަތް ކުރަމުންދާ ބައެއް މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން ހާމަކޮށްފިއެވެ.

މިގޮތުން ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭލީ މެކަނޭނީ އަދި ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ ޗެޑް ގިލްމަރޓިން ޕޮޒިޓިވް ވެފައިވާކަން ހޯމަދުވަހު ޓްވީޓް ކުރައްވާ ހާމަކުރައްވާފައިވެއެވެ. ޕްރެސް ސެކްރެޓަރީ ކޭލީގެ ޓްވީޓް ގައި ބުނާގޮތުގައި ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި ޕްރެސްބޭއްވި އިރު، އެމެރިކާގެ ރައީސްގެ އެޑްވައިޒަރ ހޯޕް ހިކްސް ޕޮޒިޓިވް ވެފައިވާކަން ނޭނގޭކަމަށާއި، ބުރާސްފަތި ދުވަހުގެ ޕްރެސްްއިން އިތުރު ބަޔަކު ޑައިރެކްޓް ކޮންޓެކްޓަށް ނުވާކަމަށްވެސް ވައިޓް ހައުސްގެ ޑޮކްޓަރުންގެ ޓީމާ ހަވާލާދީ ބުނެފައި ވެއެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ އަދި ޑެޕިއުޓީ ޕްރެސް ސެކްރެޓަރީގެ އިތުރުން ޓްރަމްޕްގެ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވާ ބިލް ސްޓެޕިއެން އަދި ޓްރަމްޕްގެ ބޮޑީ މެން، ނިކް ލުނާ ވެސް ވަނީ ކޮވިޑް އަށް ޕޮޒިޓިވް ވެފައެވެ.

ހަމަމިއާއެކު، ދުނިޔޭގެ ބައެއް ނޫސްތަކުގައި، ވައިޓް ހައުސްގެ ތެރޭގައި ކޮވިޑް ފެތުރެން ދިމާވި އެންމެ ބޮޑު އަސްލަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށް ބުނެ ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. މިގޮތުން ޓްރަމްޕް ކޯވިޑަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުންވެސް، ކޮވިޑްގެ ނުރައްކާތެރިކަން ގަބޫލު ނުކުރައްވާކަމަށް ވިދާޅުވެ ޓްރަމްޕް އަށް ވަރަށް ބޮޑެތި ފާޑުކިޔުންތައްވެސް ވަނީ އަމާޒުވެފައެވެ. ހޮސްޕިޓަލުން ވައިޓްހައުސް އަށް ޓްރަމްޕް ވަޑައިގެންނެވި އިރު ކާރުކޮޅުގައި ވަޑައިގެން ސީކްރެޓް ސާރވިސްގެ މުވައްޒަފުން ކޮވިޑް ބަލީގެ ނުރައްކަލަށް ހުށައެޅިފައިވާކަމަށް ބުނެ ދުނިޔޭގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން ވައިޓް ހައުސްގެ ބައެއް އިސް މުވައްޒަފުން ބުނެފައިވާގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް އަށް ޕޮޒިޓިވް ވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގަނޑުއެވެ. ނަމަވެސް ޓްރަމްޕް ކޮވިޑް އަށް ޕޮޒިޓިވް ވެފައިވާކަން އާންމުކޮށް އަންގާފައިވަނީ އާއްދީތަ ދުވަހުކަަމަށްވެސް ދުނިޔޭގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. މިގޮތުން ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ސިއްރުކޮށް ރިޔާސީ ކެމްޕޭންގެ ހަފްލާއަކަށް ނިއުޖާޒީގެ ރިސޯޓަކަށް ވަޑައިގެންނެވިކަމަށްވެސް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

އެމެރިކާގެ ވައިޓް ހައުސްއިން އެންމެފަހުން އާންމުކޮށްފައިވާ ވީޑިއޯ އިން، ހޮސްޕިޓަލުން ޓްރަމްޕް ވައިޓްހައުސް އަށް ވަޑައިގެން، ވައިޓްހައުސްގެ ބެލްކަނީގައި ހުންނަވައި މާސްކް ނަންގަވާތަން ފެނިފައިވެއެވެ. ޓްރަމްޕް ޕޮޒިޓިވް ވުމާއެކު ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވުމަށް ފައްޓަވާފައިވާ ރިޔާސީ ކެމްޕޭނަށް މިކަމުގެ ސަބަބުން ހުރަސް އެޅިގެންދާނެ ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން