މަސްތުވާތަކެއްޗާއެކު ގއ. ކަނޑުހުޅުދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގއ. ކަނޑުހުޅުދޫ / ސުވާސާގެ، ޙަސަން ސަޢީދު (48އ) އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ކަނޑުހުޅުދޫ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ މައްސަލައިގައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ގެންގުޅެ، ވިޔަފާރިކޮށް އަދި އެ ތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި
ވާކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު