އާދަމުގެ ދަރިޔާ ކުރާ ކޮންމެ ހެޔޮ އަމަލެއްގެ ސަވާބު އިތުރުކުރައްވާނެކަމަށާއި، ނަމަވެސް ރޯދައިގެ އަޖުރަކީ އެއަށްވުރެ މާ މަތިވެރިވެގެންވާ އެއްޗެއްކަން މިއުއްމަތުގެ މާތް ނަބިއްޔާ، ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަޅުގަނޑުމެންނަށް ވަނީ ބަޔާންކޮށްދެއްވާފައެވެ.
ސަޙީޙުލް ބުޚާރީ އާއި ސަޙީޙު މުސްލިމްގައި ރިވާވެގެންވާ މި ހަދީޘްފުޅުގައިވާ ގޮތުން، އިންސާނާ ކުރާ ކޮންމެ ހެޔޮ އަމަލެއްގެ ސަވާބު 10 ގުނައިން ފެށިގެން 700 ގުނައާ ހަމައަށް އިތުރުކުރެވެއެވެ.
މި މަތިވެރި ހަދީޘްފުޅުގައި މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ރޯދަ ފިޔަވައެވެ. އެހެނީ ހަމަކަށަވަރުން، ރޯދައަކީ ތިމަން ރަސްކަލާނގެއަށްޓަކައި ހިފާ އެއްޗެކެވެ.
އަދި އެއަށް ޖަޒާ ދެއްވާނީ ތިމަން ރަސްކަލާނގެއެވެ." މީގެ މާނައަކީ އެހެން ހެޔޮ އަމަލުތަކާ ހިލާފަށް ރޯދައިގެ ސަވާބު ދެއްވުމުގައި ވަކި މިންގަނޑެއް ނެތި، މާތް ﷲ ގެ ދީލަތިވަންތަކަމާ އެއްގޮތަށް އިންތިހާއަށް އެ ސަވާބު އިތުރުވެގެންދާނެ ކަމެވެ.
މި ހަދީޘްއިން އެނގިގެންދަނީ އިޚްލާޞްތެރިކަމާއެކު ރޯދަ ހިފާ މީހާއަށް މާތް ﷲ ދެއްވާނެ ނިޢުމަތްތަކުގެ ބޮޑުކަމެވެ. އެހެންކަމުން، ރޯދައިގެ މާތްކަން ދަނެގެން، ހަމައެކަނި ކެއުންބުއިމުން ދުރުހެލިވުމުގެ ބަދަލުގައި، އެންމެހާ ނުބައި އަމަލުތަކުން ދުރުވެ ހެޔޮ އަމަލު ގިނަކުރުމަށް ދީނީ އިލްމުވެރިން ނަސޭހަތްތެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު