ޤިޔާމަތް ދުވަހުގެ ބިރުވެރި ވަގުތުގައި، މާތް اللهُ އެކަލާނގެ އެންމެ ހައި އަޅުތަކުން ކުޅަ ޢަމަލުތަކުގެ ހިސާބު ބެއްލެވޭއިރު، އެންމެ ފުރަތަމަ ސުވާލުކުރެވޭނީ ނަމާދާ ބެހޭގޮތުންކަން ކީރިތި ރަސޫލާ ﷺ ގެ ހަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. މިއީ އިންސާނާގެ އާޚިރަތުގެ ބޮޑު ކާމިޔާބީ ނުވަތަ ނާކާމިޔާބީ ކަނޑައެޅިގެންދާނެ އެންމެ މުހިންމު ފުރަތަމަ މަރުހަލާއެވެ.
މިކަމާ ގުޅޭގޮތުން ސަހީހުލް ތަރްޣީބްގައި ރިވާވެގެންވާ ހަދީޘްފުޅެއްގައިވެއެވެ. ރަސޫލާ ﷺ ހަދީޘްފުޅު ކުރެއްވި ބަަަހީ: "ގިޔާމަތް ދުވަހު އަޅާގެ އަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާ ބެހޭގޮތުންނެވެ. ފަހެ، އެމީހެއްގެ ނަމާދު އިސްލާހުވެއްޖެނަމަ (ފުރިހަމަވެއްޖެނަމަ)، އެމީހަކު ކާމިޔާބުވެ، ސަލާމަތްވެއްޖެއެވެ. އަދި އެ ނަމާދުގައި އުނިކަމެއް ހުރެއްޖެނަމަ (ފާސިދުވެއްޖެނަމަ)، އެމީހަކު ނާކާމިޔާބުވެ، ގެއްލެނިވެއްޖެއެވެ."
މި ހަދީޘްފުޅުން އެނގިގެންދަނީ، އިންސާނާ ދުނިޔޭގައި ކުރާ އެހެނިހެން ހެޔޮ އަމަލުތައް ގަބޫލުކުރެއްވުމާއި، އާޚިރަތުގެ ދިންނެވުން ބިނާވެގެންވަނީ ނަމާދުގެ މައްޗަށް ކަމެވެ. ނަމާދަކީ އިސްލާމްދީނުގެ ތަނބަށް ވީހިނދު، އެ ތަނބު ސަލާމަތުން ހުރެއްޖެނަމަ އެހެން އަމަލުތައް ފަސޭހަވެގެންދާނެއެވެ.
ނަމަވެސް ނަމާދަށް ފަރުވާކުޑަކޮށް، އެކަން ބާތިލުވެއްޖެ މީހަކަށް ހިސާބު ބެއްލެވުމުގެ މަރުހަލާގައި ކުރިމަތިވާނީ ނުހަނު ބޮޑު ނާކާމިޔާބީއެކެވެ. އެހެންކަމުން، ދުނިޔޭގެ ވަގުތީ އުފަލަށްވުރެ ބޮޑަށް، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުމަކީ ކޮންމެ މުސްލިމަކު އެންމެ އިސްކަންދޭންޖެހޭ ކަންތައް ކަމުގައި ދީނީ އިލްމުވެރިން ނަސޭހަތްތެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު