މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އިސްރާއީލާއި އީރާނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންދާ މިދަނޑިވަޅުގައި، ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ވަކި ގައުމެއްގެ ނަން ހާމަނުކޮށް "އާންމު" އިބާރާތުން ވާހަކަދައްކާފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވާން ފަށައިފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ހަމަލާތައް ކުށްވެރިކުރި ނަމަވެސް، އިސްރާއީލުގެ އުދުވާނަށް މަގުފަހިކޮށްދޭ އެމެރިކާގެ އަމަލުތައް ސީދާކޮށް ކުށްވެރިކުރުމުގެ ބަދަލުގައި، ރައީސް މުއިއްޒުގެ ސަރުކާރުން އިސްކަންދީފައިވަނީ ހަމައެކަނި "ސުލްހަވުމަށް" ގޮވާލުމަށެވެ. މިއީ އިސްލާމީ އުންމަތުގެ ހައްގުގައި ވަކާލާތުކުރާނެ ކަމަށް ބުނެ ވެރިކަމަށް އައި ސަރުކާރަކުން ގެންގުޅޭ ފިނި ސިޔާސަތެއްގެ ގޮތުގައި އާންމުން ދަނީ ސިފަކުރަމުންނެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ދުނިޔޭގެ ބޮޑެތި ބާރުތަކުން މެދުއިރުމަތީގެ ހަމަނުޖެހުމަށް ތެޔޮ އަޅަމުންދާއިރު، ރާއްޖެއިން އެ ގައުމުތަކުގެ ނަން ބުނަން ނުކެރި ބަޔާން ނެރުމަކީ ރާއްޖޭގެ ޚާރިޖީ ވަޒަންމާނު ބަލިކަށިވަމުންދާ ކަމުގެ ހެއްކެކެވެ.
ހާއްސަކޮށް، އެމެރިކާގެ އަސްކަރީ އެހީތެރިކަމާއެކު ސަރަހައްދީ ހަމަޖެހުން ނަގާލަމުންދާއިރު، އެކަން ކުށްވެރިނުކޮށް ހަމައެކަނި ބައިނަލްއަޤުވާމީ ގާނޫނުތަކަށް އިހުތިރާމްކުރުމަށް ގޮވާލުމަކީ ހަގީގީ މައްސަލައިން ރެކުމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ސަރުކާރުގެ މި ބަޔާނަކީ ވަކި ފަރާތަކަށް ބުރަނުވެ، ބައިނަލްއަޤުވާމީ ދުނިޔޭގެ ރުހުން ހޯދުމަށް ނެރުނު "އޮމާން" ބަޔާނެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.
މީގެ އިތުރުން، ހުރިހާ ދައުލަތްތަކެއްގެ ސިޔާދަތަށް އިހުތިރާމްކުރުމަށް ސަރުކާރުން ގޮވާލާފައިވީ ނަމަވެސް، މެދުއިރުމަތީގައި ހިންގަމުންދާ ގަތުލުއާންމުތަކާއި އުދުވާނުތަކުގެ އަސްލު މުގުލުގައި ތިބި ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅެއް އެޅުމަށް ބައިނަލްއަޤުވާމީ މައިދާނުގައި ވަކާލާތު ކުރުމަށް ސަރުކާރުން ފަސްޖެހޭ ކަމުގެ ތުހުމަތު ވެސް ދަނީ ކުރެވެމުންނެވެ.
ސަރުކާރުން ބުނަނީ ޚިޔާލުތަފާތުވުންތައް ސުލްޙަވެރިކަމާއެކު ޙައްލުކުރުމަކީ ރާއްޖޭގެ ސިޔާސަތު ކަމަށެވެ. ނަމަވެސް، އަނިޔާލިބޭ ފަރާތާއި އަނިޔާވެރިޔާއާ ދެމެދު ފަރަގެއް ނެތް ގޮތަށް ސަރުކާރުން ވާހަކަދެއްކުމަކީ ދިވެހި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު