އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި، އީރާނުގެ ރޫހާނީ ކާބަފާ އަލީ ޚާމަނޭއީގެ ދަރިކަލުންނާއި ކާފަދަރިކަލުން އަވަހާރަވެފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އެދެބަފައިކަލުން އަވަހާރަވީ މެދުއިރުމަތީގެ މަސްރަހު އިންތިހާއަށް ގޯސްވެ އެމެރިކާއާއި އިޒްރާއީލް ގުޅިގެން ދެމުންއައި ވަރުގަދަ ހަމަލާތަކެއްގެ ތެރެއިން ކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ.

އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނޭއީ ވެސް މި ހަމަލާގައި އަވަހާރަވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރެއްވި ނަމަވެސް، އެކަން އަދި މިހާތަނަށް ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ޓްރަމްޕްގެ މި ވާހަކަފުޅާ ގުޅިގެން ދުނިޔޭގެ މަސްރަހު އިތުރަށް ހޫނުވެފައިވާއިރު، ޚާމަނޭއީގެ ހާލަތާ މެދު އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭގައެވެ.

މި ހަމަލާއާ ގުޅިގެން އީރާނުގެ ސަރުކާރުން އަދި ވަކި އެއްޗެއް ރަސްމީކޮށް ބުނެފައި ނުވި ނަމަވެސް، ދައުލަތުގެ މީޑިއާއިން ވަނީ ޚާމަނޭއީގެ އާއިލާގެ މެންބަރުން އަވަހާރަވިކަން ކަށަވަރުކޮށްދީފައެވެ. މި ހާދިސާއާ ގުޅިގެން މުޅި ސަރަހައްދުގައި ހަނގުރާމައިގެ ބިރުވެރިކަން ބޮޑުވެ، ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ މިކަމުގެ ސަބަބުން ނުކުމެދާނެ ނަތީޖާއަކަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު