އިސްރާއީލާއި އެމެރިކާ ގުޅިގެން ދިން ވަރުގަދަ ހަމަލާތަކެއްގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެއްޖެ ކަމަށް އެ ގައުމުގެ ދައުލަތުގެ ޓީވީން ދެންމެ އިއުލާންކޮށްފިއެވެ.
އީރާނުގެ އެންމެ މަތީ ލީޑަރު އަވަހާރަވިކަން އިއުލާންކޮށްފައި މިވަނީ، މެދުއިރުމަތީގެ މަސްރަހު އިންތިހާއަށް ހޫނުވެފައިވާ ދަނޑިވަޅެއްގައި ދެ ގައުމުން ގުޅިގެން ދިން ކުއްލި ހަމަލާތަކަކަށް ފަހުގައެވެ.
ޚާމަނާއީ އަވަހާރަވިކަން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާ ގުޅުން އޮންނަ ފާސް ނިއުސް އެޖެންސީން ވެސް މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. އީރާނުގެ އެންމެ ވަރުގަދަ އަސްކަރީ ބާރު ކަމަށްވާ އައިއާރުޖީސީން މިކަން ކަށަވަރުކޮށްދިނުމާ ގުޅިގެން، މުޅި އީރާނަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ.
މި ހާދިސާއާ ގުޅިގެން އީރާނުގެ ސަރުކާރުންނާއި އަސްކަރިއްޔާއިން އަޅާނެ ފިޔަވަޅުތަކަކަށް ދުނިޔޭގެ ސަމާލުކަން މިހާރު ވަނީ ހުއްޓިފައެވެ. ޚާމަނާއީ އަވަހާރަވުމަކީ އީރާނުގެ ސިޔާސީ އަދި ދީނީ މަސްރަހަށް އަންނާނެ އެންމެ ބޮޑު އެއް ބަދަލު ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު