އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ، އީރާނުން އެމެރިކާއަށް ދޭ ހަމަލާތައް ކުރިއަށްވުރެ "ވަރުގަދަ" ކުރާނެ ކަމުގެ އިޝާރާތެއް ދީފައިވާ ކަމަށާއި، ނަމަވެސް ތެހެރާނުން އެފަދަ ފިޔަވަޅެއް އަޅައިފިނަމަ، މީގެ ކުރިން ދުނިޔެ ނުދެކޭ ފަދަ ވަރުގަދަ ބާރެއްގެ ބޭނުންކޮށްގެން އެމެރިކާއިން ރައްދު ދޭނެ ކަމަށެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ޓްރަމްޕް އިތުރަށް ވިދާޅުވީ، އެމެރިކާގެ މަސްލަހަތުތަކަށް ނުވަތަ އެ ގައުމުގެ ރައްޔިތަކަށް އީރާނުން އެއްވެސް ގެއްލުމެއް ދީފިނަމަ، އެމެރިކާގެ އަސްކަރިއްޔާއިން އޮތީ ތައްޔާރީ ހާލަތެއްގައި ކަމަށެވެ. އަދި އީރާނުން ހަމަލާއެއް ދީފިނަމަ، އެމެރިކާއިން ދޭ ރައްދު ހަމަލާ ވާނީ އީރާނަށް ދުވަހަކުވެސް ތަހައްމަލު ނުކުރެވޭނެ ފަދަ ބާރުގަދަ ހަމަލާއަކަށް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ހަރުކަށި އިންޒާރުތަކާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާއިރު، މިއީ މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ. ބައިނަލްއަގުވާމީ މުޖުތަމައުން ގޮވާލަމުންދަނީ ދެ ގައުމުންވެސް ކެތްތެރިކަން އިސްކޮށް، މަސްރަހު ފިނިކުރުމަށް މަސައްކަތް ކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު