އެމެރިކާ އާއި އިޒްރޭލުން އީރާނުގެ ރަތް ރޮނގު ހުރަސްކޮށްފައިވާ ކަމަށާއި، އޭގެ ރައްދުގައި ވަރުގަދަ ހަމަލާތަކެއް ކުރިމަތިކުރުވާނެ ކަމުގެ އިންޒާރު އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގަލިބާފް ދެއްވައިފިއެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ، އެމެރިކާއިން އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނައީ އަވަހާރަކޮށްލުމަކީ ބޮޑު ޖިނާއީ ކުށެއް ކަމަށާއި، އެމެރިކާ އާއި އިޒްރޭލުގެ ލީޑަރުންނަކީ "ނަޖިސް ކުށްވެރިން" ތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ގަލިބާފް އިތުރަށް ވިދާޅުވީ، އީރާނަށް ދެމުންދާ ހަމަލާތަކުގެ އަގު އެ ގައުމުތަކުން ދައްކަން ޖެހޭނެ ކަމަށާއި، އީރާނުން ދޭން ތައްޔާރުވަމުންދާ ހަމަލާތަކަކީ އެމެރިކާ އާއި އިޒްރޭލުން އަމިއްލައަށް އެދިފައިވާ ކަމެއް ކަމަށެވެ. މިއީ ހޮނިހިރު ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށި ފަހުން، އީރާނުގެ މަތީ ފަންތީގެ އޮފިޝަލަކު މީޑިއާގެ ކުރިމައްޗަށް ވަޑައިގެން ދެއްވި ފުރަތަމަ އިންޒާރެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އީރާނުގެ އިސް އޮފިޝަލުން މިފަދަ ހަރުކަށި ބަހުރުވައަކުން އިންޒާރު ދިނުމަކީ މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމުގެ ނިޝާނެކެވެ.
އީރާނުގެ އިންޒާރުތަކާއެކު މުޅި ސަރަހައްދުގައި ނުތަނަވަސްކަން އިތުރުވެފައިވާއިރު، ބައިނަލްއަގުވާމީ މާހިރުން އަންނަނީ މި ހަމަލާ ބަދަލުކުރުންތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު