އިސްރާއީލުން އީރާނަށް ދިން ނުރައްކާތެރި ޙަމަލާތަކެއްގައި، އެޤައުމުގެ އަސްކަރިއްޔާގެ އިސްވެރިންތަކެއް ޝަހީދުވެއްޖެ ކަމަށް ޚަބަރުތައް ބުނެފިއެވެ.
މި ޙަމަލާގައި ޝަހީދުވި ބޭފުޅުންގެ ތެރޭގައި އީރާނުގެ އަސްކަރިއްޔާގެ ޗީފް އޮފް ޖެނެރަލް ސްޓާފް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް މޫސަވީ އާއި ޑިފެންސް މިނިސްޓަރު މޭޖަރ ޖެނެރަލް އަޒީޒް ނާސިރުޒާދާ ހިމެނިވަޑައިގަންނަވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިއީ ފަހުގެ ތާރީޚެއްގައި އީރާނުގެ އަސްކަރީ މަތީ ފަންތީގެ ވެރިންނަށް އަމާޒުކޮށް އިސްރާއީލުން ދިން އެންމެ ވަރުގަދަ އަދި އެންމެ ނުރައްކާތެރި އެއް ޙަމަލާއެވެ.
މި ހާދިސާއާ ގުޅިގެން މުޅި ސަރަޙައްދުގެ މަސްރަޙު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކުން މި ޚަބަރު ކަށަވަރުކޮށްދެމުންދާއިރު، މިއީ އީރާނުގެ ދިފާއީ ބާރުތަކަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
މި ޙަމަލާއާ ގުޅިގެން އީރާނުން ވަރުގަދަ ބަދަލެއް ހިފާނެ ކަމުގެ އިންޒާރު ދެމުންދާއިރު، ބައިނަލްއަޤްވާމީ މުޖުތަމައުން ދަނީ މިކަމުގެ ސަބަބުން މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށިދާނެތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު