ޕާކިސްތާނުގެ ކަރާޗީގައި، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ކުރިއަށްދިޔަ ވަރުގަދަ މުޒާހަރާއެއްގައި، މުޒާހަރާގެ ބައިވެރިން ސަލާމަތީ ހުރަސްތައް ފަތަހަކޮށް އެމެރިކާގެ ކޮންސިއުލޭޓާ ދިމާލަށް މިސްރާބު ޖަހައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ކަރާޗީގެ މާއި ކޮލާޗީ ރޯޑުގައެވެ.
މި މުޒާހަރާގެ ތެރޭގައި ހަމަނުޖެހުން ހިނގައި، ފުލުހުންނާއި ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ކޮންސިއުލޭޓާ ކައިރިވިޔަ ނުދިނުމަށް ކަރުނަގޭސް ޖަހައި ބާރުގެ ބޭނުންކޮށްފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، މި ކުރިމަތިލުންތަކުގައި ބައެއް މީހުންނަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ޖެހިފައިވެއެވެ. މުޒާހަރާ ކުރާ މީހުން ގޮވާލަމުންދަނީ އީރާނުގެ ލީޑަރު އަވަހާރަކޮށްލުމުގެ ފަހަތުގައިވަނީ އެމެރިކާ އާއި އިޒްރޭލު ކަމަށެވެ.
އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަވެފައިވަނީ އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އީރާނަށް ދިން ވައިގެ ހަމަލާތަކެއްގައެވެ. މި ހާދިސާއާ ގުޅިގެން މުޅި ސަރަހައްދުގައި ނުތަނަވަސްކަން އިތުރުވެ، އިސްލާމީ ގައުމުތަކުގައި އެމެރިކާއާ ދެކޮޅަށް މުޒާހަރާތައް ދަނީ ފެތުރެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު