ދެކުނު އެފްރިކާގެ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތްކުރެއްވި ބަތަލް ނެލްސަން މަންޑޭލާ، ޖަލުން މިނިވަންވެވަޑައިގަތުމަށްފަހު 1990 ވަނަ އަހަރު އީރާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ރޫހާނީ މީހާ އަޔަތުﷲ އަލީ ޚާމަނާއީއާ ބައްދަލުކުރައްވައި، ވަރަށް މަތީ ދަރަޖައަކަށް ތައުރީފެއް ވަނީ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި މަންޑޭލާ ވަނީ ޚާމަނާއީއާ މުހާތަބު ކުރައްވައި "ތިބާއީ ތިމަންގެ ވެރިޔާ" ކަމަށް ވިދާޅުވެފައެވެ. މަންޑޭލާގެ މި ވާހަކަފުޅަކީ އީރާނުގެ އިންގިލާބާއި އެގައުމުން ގެންގުޅޭ މިނިވަންކަމުގެ ސިޔާސަތުތަކަށް އޭނާ ކުރައްވާ އިހުތިރާމް ހާމަކޮށްދިން ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
މަންޑޭލާގެ ވާހަކަފުޅުގައި ބަޔާންކުރެއްވި ގޮތުގައި، ދެކުނު އެފްރިކާގެ ކަޅު ނަސްލުގެ މީހުން ކުރަމުންދިޔަ ހިތްދަތި މަސައްކަތުގައި އީރާނުން ދިން ހިތްވަރާއި އެހީތެރިކަމަކީ ދުވަހަކުވެސް ހަނދާން ނައްތާލެވޭނެ ކަންކަމެއް ނޫނެވެ. އަދި އީރާނުގެ އިންގިލާބަކީ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމަށް ދުނިޔެއަށް ދެއްކި ނަމޫނާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގެ ސަބަބުން އޭރު ބައިނަލްއަގުވާމީ ސިޔާސީ މައިދާނުގައި ބޮޑެތި ބަހުސްތަކެއް އުފެދުނު ނަމަވެސް، މަންޑޭލާ ވަނީ އޭނާގެ މިނިވަން ހިޔާލާއި އެކުވެރި ގައުމުތަކާއެކު އޮތް ގުޅުން ދިފާއުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު