2019 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް އެއް ޓަނުގެ މަސްތުވާތަކެތި ނައްތާލާފައިވާ ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ފުލުހުން އަތުލައިގެންފައިވާ ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ނައްތާލުމަށް ދޫނިދޫގައި މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތަށް ފަހު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ އިމްރާން ވިދާޅުވީ، 2011 ވަނަ އަހަރު މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު އައުމަށްފަހު މިސަރުކާރު އައުމާއި ހަމައަށް ނައްތާލާފައިވަނީ 32 ކިލޯގެ މަސްތުވާތަކެތިކަމަށެވެ.
"ދެހާސްނަވާރަ ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް 1106.97 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފިން." ~ ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ، މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. އަދި މަސްތުވާ ތަކެތީގެ ވަބާއިން ދިވެހި ޒުވާނުން ސަލާމަތް ކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ސިޔާސަތު ކާމިޔާބުވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ ޝަރުޢީ މަރުހަލާގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ސަލާމަތްވެވެންހުރި މަގުތައް ބަންދުކުރަންޖެހޭކަމަށެވެ. އަދި މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބުކުރެވޭނީ ވިޔަފާރިވެރިންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި ސިޔާސީ ޕާޓީތަކުގެ އިތުރުން ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށްގެން ކަމަށް އިމްރާން ވިދާޅުވިއެވެ.
އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މުއްސަނދިވާ މީހުންނާ ދެކޮޅަށް މުޅި މުޖުތަމައު އެކީގައި ނިކުންނަން ޖެހޭނެ ކަމަށާއި، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލަމާތަތް ކުރުމަށް އެތަކެތި ބޭނުންކުރާ ޒުވާނުން ރިހިބިލިޓޭޓްކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު