ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ: ސްޓެލްކޯ)
ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ: ސްޓެލްކޯ)
ޖަލުގައި އެކި މައްސަލަތަކުގައި ޙުކުމް ތަންފީޒުކޮށް ނިންމާ ފަރާތްތަކަށް ފަހި ފުރުސަތެއް ދިނުމަށް ސްޓެލްކޯ އިން ނިންމައިފިއެވެ.

ސްޓެލްކޯ އިން ބުނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އިޖުތިމާއީ ދުޅަހެޔޮކަމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދިނުމުގެ މަގުސަދުގައި ކުށްވެރިންގެ އަދަދު މަދުކޮށް އިސްލާހުވެފައިވާ ގައިދީން މުޖުތަމައުއަށް ނެރުމަށްޓަކައި "ފަހި ފުރުސަތެއް" ހޯދައިދިނުމަށް ޕެރޯލްއަށް ނެރޭ މީހުންނަށް ސްޓެލްކޯއިން ވަޒީފާގެ ފުރުސަތުތަކެއް ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެފަދަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސް އާއި، ސްޓެލްކޯ އާއި ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. "ފަހި ފުރުސަތު" ގެ ނަމުގައި މި އެއްބަސްވުން އެކުލަވާލާފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެހެން ނަމަވެސް ޕްރޮގްރާމްގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު ދެ ފަރާތަށް ވެސް އޮންނާ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.



މިކަމާއި ގުޅިގެން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މިއީ މުޅި ރާއްޖޭގެ ސުލްހައާއި ގުޅިފައިވާ އެއްބަސްވުމެއް ކަމަށެވެ. އަދި ހާއްސަކޮށް، މިއީ ރަނގަޅު މުޖްތަމައުއެއް ބިނާ ކުރުމަށް ކުރިޔަށް އެޅިގެން ދާ ފިޔަވަޅެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކަރެކްޝަންސް އިން ބުނީ، ޖަލުގައި ގައިދީންނަށް ތަމްރީނުގެ ތަފާތު އެކި ޕްރޮގްރާމްތައް ހިންގުމާއި، ކޯސްތައް ހިންގާ ކަމަށާއި، އެހެން ނަމަވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ވަޒީފާއެއް ނުލިބި މަގުމަތީ އުޅެންޖެހުމުގެ ސަބަބުން އަނެއްކާވެސް ކުށުގެ ވެއްޓަށް ވަދެވިގެން ދިއުން ކަމަށެވެ. އަދި ސްޓެލްކޯ އާއި މޯލްޑިވްސް ކަރެކްޝަލް ސާވިސްއާ ދެމެދުވީ މި އެއްބަސްވުމުގެ ސަބަބުން ދެވަނަ ފަހަރަށް އެ މީހަކަށް ކުށުގެ ވެއްޓަށް ވަނުމަށް އޮންނަ ފުރުސަތު ވަރަށް ބޮޑުތަނުން ކުޑަވެގެން ދާނެ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކޮމިޝަނާރ އޮފް ޕްރިޒަންސް އަހުމަދު މުހަމަދުގެ އިތުރުން ދެ ތަނުގެ ވެސް އިސް ފަރާތްތައް ވަނީ ބައިވެރިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން