ކޮވިޑް-19 އަށް ގިނަ މީހުން ޓެސްޓު ކުރާއިރު، 90 އިންސައްތަ މީހުންގެ ފަރާތުން ބަލީގެ ބޮޑެތި އަލާމާތްތަކެއް ނުފެންނަ ކަމަށް އިނގިރޭސި ވިލާތުގެ ދިރާސާއަކުން ދައްކައިފިއެވެ.
ޔުނިވަރސިޓީ ކޮލެޖް ލަންޑަންގެ ސައިންސްވެރިންގެ މި ދިރާސާގައި 36،000 މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރިއިރު، 115 މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް ޕޮޒިޓިވްވި މީހުންގެ ތެރެއިން، ކޮވިޑްގެ ބޮޑެތި އަލާމާތްތައް ކަމަށްވާ؛ ހުންއައުމާ، ކެއްސުމާއި، ރަހަނުލުން އަދި ވަސްނުދުވުން ފަދަ އަލާމާތްތައް ފެނިފައިވަނީ ހަމައެކަނި 16 މީހުންގެ ފަރާތުންނެވެ.
މިދިރާސާގެ ނަތީޖާ އަށް ނިސްބަތްކޮށްބަލާނަމަ ދުނިޔޭގެ އެކިގައުމުތަކުގައި މިބަލި ޖެހިފައިވާ މީހުންގެ އަދަދު ބަދަލު ވުމަކީ އެކަށީގެންވާކަމެކެވެ. މީގެ އިތުރުން ގިނަފަހަރަށް ކޮވިޑަށް ޓެސްޓު ކުރެވެނީ އަލާމާތެއް ފެނިގެން ކަމަށްވުމުން، ކޮވިޑްގެ އެއްވެސް އަލާމާތެއް ނެތި، މިބަލި ޖެހިފައިވާ އެތައްބަޔަކުވެސް އުޅޭނެ ކަމަށް މިދިރާސާއިން އެނގިފައި ވެއެވެ.
މިގޮތުން، ކޮވިޑްގެ އެއްވެސް އަލާމާތެއް ނެތް ނަމަވެސް ބައްޔަށް ޓެސްޓު ކުރުމަށް، މިދިރާސާގެ ތަހުލީލުތައް ކުރިއަށް ގެންދިޔަ ސައިންސްވެރިންވަނީ ގޮވާލާފައެވެ. ހާއްސަގޮތެއްގައި، ހައި ރިސްކް ސަރަހައްދުތަކުގައި މަސައްކަތް ކުރާ މީހުންނާއި، ގިނަ މީހުންނާއެކު މަސައްކަތް ކުރާ މީހުންނާއި، ގިނަ މީހުންނާ އެއްކޮށް ދިރިއުޅޭ މީހުން، ކޮވިޑަށް ޓެސްޓު ކުރުމަށްވެސް ސައިންސްވެރިންވަނީ ގޮވާލާފައެވެ.
މީގެއިތުރުން، މިދިޔަ ސެޕްޓެމްބަރު މަހު، ސައުތު ކޮރެއާއިން ނެރުނު ދިރާސާ އަކުން ދައްކާގޮތުގައި، ކޮވިޑް ޖެހިގެން، ބަލީގެ އަލާމާތެއް ފެނުނަސް ނުފެނުނަސް، ހަށިގަނޑު ތެރޭގައި ކޮވިޑް ވައިރަސް ދައުރުވާ މިންވަރަކަށް ބަދަލެއް ނާދެއެވެ.
މިދިރާސަތަކާ ގުޅޭގޮތުން، ޔުނިވަރސިޓީ އޮފް ރީޑިންގގެ ޕްރޮފެސަރ އޮފް ސެލިއުލަރ މައިކްރޯބައޮލޮޖީ، ޑރ. ސައިމަން ކްލަރކް ބުނެފައިވަނީ، ވައިރަސްގެ އަސަރު ކޮށްފައިވާ އެންމެންގެ ކިބައިން އަލާމާތްތަކެއް ނުފެންނާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު