އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެއްކޮށް ހައްލުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ފަރާތުން ރޭ ބޭއްވި ދަ ގްރޭޓަރ އައްޑޫ ވިޝަންގެ ތަފްސީލު ލޯންޗުކުރުމުގެ ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިޙަފުލާގައި ރައީސް ވަނީ ދިވެހިރާއްޖޭގެ ތަރައްޤީއަށް އައްޑޫސިޓީއަށް ސަރުކާރުން ކުރައްވާ ތަސައްވުރު ހާމަކޮށްދެއްވައި، އެ ސިޓީގެ ކުރިއެރުމަށް ސަރުކާރުން ފައްޓަވާފައިވާ އެކިއެކި މަސައްކަތްތަކުގެ މަޢުލޫމާތުވެސް ހިއްސާކޮށްދެއްވާފައެވެ. އެގޮތުން އިއްޔެ ހަވީރުގެ ވަގުތެއްގައި އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލު ގެނައުމަށްޓަކައި އެކަމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އަދި މި އެއްބަސްވުމުގެ ދަށުން އައްޑޫގައި ސައްބީސް މެގަވޮޓުގެ ކަރަންޓު ފޯރުކޮށްދޭނެ ނިޒާމު އިރާދަކުރެއްވިއްޔާ ގާއިމުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ޖުލައި މަހާއި ހަމައަށްދާއިރު، މި މަޝްރޫޢު މުޅިންނިމި، ކުރިޔަށްއޮތް ވިހި އަހަރު ދުވަހަށް އިރާދަކުރެއްވިއްޔާ މިކަމުގެ ސަބަބުން އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަކީ އެތައް ސަރުކާރެއް ފާއިތުވެގެންދިޔައިރުވެސް ހައްލުނުކުރެވިއޮތް ބޮޑު މައްސަލައެއްގެ ގޮތުގައި ރައީސް ވާހަކަފުޅުގައި ވަނީ ފާހަގަކުރަށްވާފައެވެ. އައްޑޫ ސިޓީގެ ކަރަންޓުގެ މަޝްރޫޢު ފަދަ އެތައް މަޝްރޫޢެއް އައްޑޫ ސިޓީގައި ފެށިގެން ކުރިއަށްދާކަން ހާމަކުރައްވައި، ރައީސް ވަނީ މިހާރުވެސް ސޮއިކުރެވިފައިވާ 48 މަޝްރޫޢެއް މުޅި އައްޑޫ ސިޓީގެ އެކި ރަށްރަށުގައި އެކިއެކި މަރުހަލާގައި ފެށިގެން ކުރިޔަށްދާކަން ފާހަގަކުރައްވާފައެވެ. އަދި މިއަހަރުގެ ބަޖެޓުގައި އިތުރަށް 18 މަޝްރޫޢެއް، ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ތެރޭގައި އައްޑޫ ސިޓީއަށް ހިމެނިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން، އެމަނިކުފާނުގެ ވަޢުދުފުޅާއި އެއްގޮތަށް އައްޑޫ ސިޓީގެ ހުރިހާ މަގެއް ހެދުމަށްޓަކައި ބޭނުންވާ އިކުއިޕްމަންޓާއި މެޝިނަރީއާއި އަދި ހޯދަންޖެހޭ މަސައްކަތު މީހުން ހޯދުންފަދަ އެންމެހާ ކަމެއް ތަރުތީބުވެގެން ބާރަށް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު