ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މިދިޔަ މަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކަށް، ފުލުހުން އަނިޔާކުރި ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ހުށަހަޅާފައިވާ މައްސަލާގައި އެ ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައަކީ މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 36 އަހަރުގެ ހަނީފަށް އަނިޔާކުރި ކަމަށް ބުނެ އޭނާގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، އެޗްއާރްސީއެމުން އެ މައްސަލަ ތަހުގީގު ކުރަމުންދާކަން އަންގާފައިވާ ކަމަށާއި، އެ ތަހުގީގަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. ނަމަވެސް، ފުލުހުންގެ އިިންތިޒާމުތަކުގެ ތެރެއިން މިހާތަނަށް ބެލިބެލުމުން ހަނީފަށް އަނިޔާއެއް ކޮށްފައިވާކަން ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
"މި ތުހުމަތުތަކާ ގުޅިގެން ބެލިބެލުމުން، އެ މީހާ ބަންދުކުރުމުގެ މަރުހަލާގައި ނުވަތަ ބަންދުގައި ހުރި މުއްދަތުގައި ވެސް، އަނިޔާއެއް ލިބިފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް ކޮށްފައެއް ނުވޭ. އަދި ބަންދުގެ އިޖުރާއަތްތަކުގެ ތެރެއިން މައުލޫމާތު ސާފުކުރިއިރު ވެސް އަނިޔާގެ އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވާކަމާއި ޑޮކްޓަރަށް ދެއްކުމަށް އެދިފައި ނުވާކަން ފާހަގަކުރެވޭ،" ފުލުހުން ހާމަކުރިއެވެ.
މި މައްސަލާގައި ހަނީފްގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ، ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (28އ) އެވެ. މި ދެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަންގައި ދެ އުޅަނދެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ތިން ކިލޯއަށް ވުރެ ގިނަ ތަކެތި ވަނީ ފެނިފައެވެ. މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންގްލަދޭޝްގެ ހަނީފް 5 ދުވަހަށް އަދި ދިވެހި މީހާ ކަމަށްވާ އަޒުހަދު 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުންގެ މުއައްސަސާއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި، ބަންދުގައި ތިބޭ މީހުންގެ ހައްގުތަކަށް އިހުތިރާމްކުރާނެ ކަމަށް އެމުއައްސަސާއިން ވަނީ ތަކުރާރުކޮށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު