މަސްތުވާތަކެތީގެ މައްސަލައެއްގައި ތ. އަތޮޅުގެ ދެ ރަށަކުން ދެ މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ކިނބިދޫ، ޗަންޕާމާގެ، ޢަބްދުﷲ ރަޝީދު (41އ) އަދި ތ. ބުރުނި، ބީޗްވިލާ، މުޙައްމަދު މުނީރު (30އ) އެވެ.
ފުލުހުން ބުނީ، ޢަބްދުﷲ ރަޝީދު ހައްޔަރުކޮށްފައިވަނީ މި މާރިޗު މަހުގެ 9 ވަނަ ދުވަހު ކިނބިދޫ މަގުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އޭނާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ކަރުދާސްކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން، މުޙައްމަދު މުނީރު ހައްޔަރުކޮށްފައިވަނީ ހަމަ އެދުވަހު ބުރުނީ ބަނދަރު ސަރަހައްދުންނެވެ. އޭނާއާ މެދު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަ ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަބްދުﷲ ރަޝީދު 10 ދުވަހަށް އަދި މުޙައްމަދު މުނީރު 7 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި ދެ މައްސަލަވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު