ބަރަކާތްތެރި ރަމަޝާން މަހުގައިވެސް އަލްއަގްސާ މިސްކިތް ބަންދުކޮށް، މުސްލުމުން ގުދުސްގެ ތަރިހީ ސިޓީ (އޯލްޑް ސިޓީ) ތެރޭގައި މުސްލިމުން ހިނގާ ބިނގާވެ އުޅުމަށް އިސްރާއީލުން ހުރަސްއަޅަމުންދާތީ މުސްލިމު އަށް ގައުމަކުން އެކަން ކުށްވެރިކޮށްފިއެވެ.
ގަތަރު، އުރުދުން، އިންޑޮނީޝިއާ، ތުރުކީ، ޕާކިސްތާން، ސައޫދީ އަރަބިއްޔާ، މިސްރު، އަދި އެކުވެރި އަރަބި އިމާރާތް (ޔޫ.އޭ.އީ) ވަނީ، ބަރަކާތްތެރި ރަމަޟާން މަހު ވެސް 12 ވަނަ ދުވަހަށް ވެސް ހުއްޓުމެއް ނެތި ކުރިއަށްދާ، އަލްއަގްސާ މިސްކިތް ބަންދުކުރުމުގެ ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ.
ބުދަ ދުވަހު ނެރުނު އެ އަށް ގައުމުން ގުޅިގެން ނެރުނު ބަޔާނެއްގައި، އެގައުމުގެ ޚާރިޖިއްޔާ ވަޒީރުން ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް ގުދުސްގެ ތަރިހީ ސިޓީ އަދި ދީނީ ތަންތަނަށް ވަދެ ނިކުތުން ހިސޯރުކޮށްފައިވާ ކަމީ، ބައިނަލްއަގްވާމީ ގާނޫނާއި، ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ، ތާރީޚީ ގޮތުންނާއި ގާނޫނީ ގޮތުން ހިފެހެއްޓިފައިވާ ހަމަތަކާ، އަދި ދީނީ ތަންތަނަށް ހުރަހެއް ނެތި ވަދެ ނިކުތުމުގެ ހައްގާ ފާޅުކަންބޮޑު ގޮތެއްގައި ފުށުއަރާ ކަމެއް ކަމަށެވެ.
"ވަޒީރުން ވަނީ، ގާނޫނާ ޚިލާފު، އަދި ހަމަ އެއްވެސް ހައްގު ސަބަބެއް ނެތި ކުރިއަށްގެންދާ މި ފިޔަވަޅާ، އަލްއަގްސާ މިސްކިތް / އ އަލްހަރަމް އައްޝަރީފްގައި ހިންގާ ތަކުރާރު ގޮވެލިތަކާ، އަދި ނަމާދަށް ދާ ފަރާތްތަކާ ދެކޮޅަށް ހިންގާ ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، ހުރިހާ ގޮތަކުން ވެސް ބަލައިނުގަންނަ ކަމަށް ހާމަކޮށްފައެވެ. ހަމަ އެހެންމެ، ހިފިފައިވާ ގުދުސް ސިޓީ، ނުވަތަ ސިޓީގައިވާ އިސްލާމީ ނުވަތަ ނަސްރާނީ ދީނީ ތަންތަނުގެ މައްޗަށް، އިސްރާއީލަށް ދައުލަތީ ބާރެއް ނޯންނާނެ ކަމަށް ވަޒީރުން ވަނީ ތަކުރާރުކޮށް ހާމަކޮށްފައެވެ." ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، އަލްއަގްސާ މިސްކިތުގެ ހުރިހާ ސަރަހައްދަކީ "ހަމައެކަނި" މުސްލިމުންނަށް ޚާއްސަ ތަނެއް ކަމަށާއި، ގުދުސް ވަގުފު ކަންތައްތަކާ ބެހޭ ތަންފީޒީ ފަރާތަކީ ހަމައެކަނި އުރުދުންގެ ވަގުފު ހިންގުމާ ބެހޭ ވުޒާރާ ދަށުން ހިންގާ "ގުދުސް ވަގުފު ތަންފީޒީ ހިންގުން" ކަމަށެވެ.
"ވަޒީރުން ވަނީ، ހިފިފައިވާ ބާރެއްގެ ހައިސިއްޔަތުން، ވަގުތުން ވަގުތަށް އަލްއަގްސާ މިސްކިތުގެ ދޮރުތައް ހުޅުވައި، ތަރިހީ ސިޓީ (އޯލްޑް ސިޓީ) ތެރެއަށް ވަދެ ނިކުތުމަށް ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާލައި، ނަމާދަށް ދާ އެންމެހާ މުސްލިމުންނަށް މިސްކިތަށް ވަދެ ނިކުތުމުގެ ފުރުސަތު ހިސޯރުކުރުން ހުއްޓާލުމަށް އިސްރާއީލަށް ގޮވާލައްވާފައެވެ. ހަމަ އެހެންމެ، ބައިނަލްއަގްވާމީ ދުނިޔެއަށް ވެސް، ހިނގަމުންދާ މި ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށް އިސްރާއީލަށް މަޖުބޫރު ކުރުވުމަށްވެސް ވަޒީރުންވަނީ ގޮވާލައްވާފައެވެ." ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އިސްރާއީލު ސިފައިން ވަނީ، އިރާނާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައާ ގުޅިގެން "ސަލާމަތީ" ފިޔަވަޅެއްގެ ގޮތުގައި ސިފަކޮށް، ތަރިހީ ސިޓީ (އޯލްޑް ސިޓީ) ތެރެއަށް ވަދެ ނިކުތުމާ، ނަމާދަށް ދާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކޮށްފައެވެ.
ނަމަވެސް، ފަލަސްތީނުގެ ޚާރިޖިއްޔާ ވުޒާރާ ބުދަ ދުވަހު ހާމަކުރި ގޮތުގައި، ހުއްޓުމެއް ނެތި ކުރިއަށްދާ ބަންދުކުރުމުގެ ސިޔާސަތަކީ ފަލަސްތީނު ރައްޔިތުންގެ ހައްގުތަކާ "ފާޅުކަންބޮޑު ގޮތެއްގައި ފުށުއަރާ" ކަމެއް ކަމަށް ފަލަސްތީނުގެ ޚަބަރު އެޖެންސީ "ވަފާ" ރިޕޯޓުކޮށްފައިވެއެވެ.
ހަމާސް ޖަމާޢަތުން ވެސް ވަނީ ހިނގަމުންދާ ބަންދުކުރުން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އަންގާރަ ދުވަހު ބަޔާނެއް ނެރެ، މި ޢަމަލަކީ "ނުރައްކާތެރި ތާރީޚީ ނަމޫނާ"އެއް ކަމަށާއި، ދީނީ ޢިބާދަތުގެ މިނިވަންކަމާ "ފާޅުކަންބޮޑު ގޮތެއްގައި ފުށުއަރާ" ކަމެއް ކަމަށް ސިފަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު