އިޒްރާއީލާއި އެމެރިކާއިން އީރާނަށް އަމާޒުކޮށް ފެބުރުވަރީ މަހުގެ ފަހުކޮޅު ދޭން ފެށި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބޮޑު ބަދަލާއެކު، ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު 10 ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ 85 އަށް ވުރެ ގިނަ ގައުމެއްގައި ތެލުގެ އަގު އުފުލިފައިވާއިރު، މިއީ ހަކަތައިގެ ސަޕްލައި ޗެއިންއަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ. ވަކިން ހާއްސަކޮށް، މެދުއިރުމަތީގެ މުހިންމު މަގެއް ކަމަށްވާ ސްޓްރެއިޓް އޮފް ހޮރްމޫޒް ބަންދުވުމުގެ ސަބަބުން، ރާއްޖެ ހިމެނޭހެން އޭޝިއާގެ ގައުމުތަކަށް ތެޔޮ ލިބުމުގައި ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
އިގްތިސާދީ މާހިރުން އިންޒާރު ދޭ ގޮތުގައި، މި ބަދަލުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށާއި ކާބޯތަކެތީގެ އަގުތަކަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރާނެއެވެ. "ގްލޯބަލް ޕެޓްރޯލް ޕްރައިސަސް" ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެ މިހާރު އޮތީ އެންމެ ބޮޑަށް ތެލުގެ އަގު އުފުލުނު ލިސްޓުގެ 7 ވަނައިގައެވެ. އެއީ 18.54 އިންސައްތައަށް ތެލުގެ އަގު އުފުލުމުގެ ސަބަބުންނެވެ.
އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގަށް ގެނައި ބަދަލާއެކު، ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 16.01 ރުފިޔާއަށް އުފުލިފައެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު ވަނީ 17.54 ރުފިޔާއަށް ބޮޑުކޮށްފައެވެ. މިއީ މިއަހަރުގެ ތެރޭގައި ތެލުގެ އަގަށް ބަދަލު ގެނައި ދެވަނަ ފަހަރެވެ.

ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު ޤައުމުތައް
ތަފާސްހިސާބަށް ބަލާއިރު، ދުނިޔޭގައި ތެލުގެ އަގު އެންމެ ބޮޑަށް އުފުލިފައިވަނީ ކެމްބޯޑިއާގައެވެ. އެ ގައުމުގައި ތެލުގެ އަގު ވަނީ 68 އިންސައްތައަށް އުފުލިފައެވެ. ދެވަނައަށް އެންމެ ބޮޑަށް އަގު އުފުލުނު ވިއެޓްނާމްގައި 50 އިންސައްތަ އިތުރުވެފައިވާއިރު، ނައިޖީރިއާގައި 35 އިންސައްތަ، ލާއޯސްގައި 33 އިންސައްތަ އަދި ކެނެޑާގައި 28 އިންސައްތަ ވަނީ އަގު އުފުލިފައެވެ.
ގިނަ ގައުމުތަކުން ތެލުގެ އަގަށް ބަދަލު ގެންނަން ނިންމާފައިވަނީ މި ހިނގާ މާޗު މަސް ނިމުމުން ކަމަށްވާތީ، ކުރިއަށް އޮތް އޭޕްރީލް މަހުގެ ތެރޭގައި އިތުރު ގައުމުތަކެއްގައި ވެސް ތެލުގެ އަގު ބޮޑުވާނެ ކަމަށް ބެލެވެއެވެ.
މި ހާލަތާ ގުޅިގެން ވިލާތުގެ ގައުމުތަކުން ވެސް ދަނީ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަމުންނެވެ. އެގޮތުން ދުނިޔޭގެ އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ޖީ-7 ގެ ގައުމުތަކުގެ މާލީ ވަޒީރުން ވަނީ މި މައްސަލައިގައި ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. އަދި ފްރާންސްގެ ރައީސް އެމަނުއަލް މެކްރޯން ވިދާޅުވީ، ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓުމަށްޓަކައި އެ ގައުމުގެ ސްޓްރެޓީޖިކް ރިޒާވުން 20 އިންސައްތަ އާއި 30 އިންސައްތައާ ދެމެދުގެ މިންވަރެއް ބާޒާރަށް ނެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ތެލުގެ އަގު އުފުލުމަކީ ދިރިއުޅުމުގެ ހަރަދުތަކާއި ތަކެތީގެ އަގު ބޮޑުވުމަށް މެދުވެރިވާނެ ސަބަބަކަށް ވާތީ، މިއީ ރާއްޖޭގެ އިގްތިސާދަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް މާހިރުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު