މެދިއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން އިގުތިސާދީ ގޮތުން ޚަރަދު ކުޑަކުރުމުގެ ގޮތުން، މިފަހަރުގެ ފިތުރު އީދުގައި ރަށްރަށުގައި ބޮކިފަތި ދިއްލައި ޒީނަތްތެރި ނުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވިދާޅުވީ، މި ނިންމުން ނިންމާފައިވަނީ ވަޒީރުންގެ ޚާއްސަ ކޮމިޓީން ކަމަށެވެ.
ޑރ. ޚަލީލް ވިދާޅުވީ، އީދަށް ބޮކިފަތި ދިއްލުމާ ބެހޭ ގޮތުން ވަޒީރުންގެ ކޮމިޓީން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ކޮމިޓީން ނިންމާފައިވަނީ މިފަހަރު ރަށްރަށުގައި އީދަށް ބޮކި ނުދިއްލުމަށާއި، ނަމަވެސް މާލެ ހިމެނޭހެން ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ދިއްލުންތައް ކުރިއަށް ގެންދިއުމަށް ކަމަށް ޚަލީލް ވިދާޅުވިއެވެ.
އަދި ސިޓީތަކުގައި ވެސް ދިއްލުންތައް ދިއްލާނީ ވަކި ސަރަހައްދުތަކެއްގައިކަމަށް ޚަލީލް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، މި ފިޔަވަޅުތަކުގެ ބޭނުމަކީ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކަށް ބުރޫނާރާނެ ގޮތަކަށް ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލް ކުރުން ކަމަށެވެ.
ވަޒީރުން މިހެން ވިދާޅުވެފައިވާއިރު މިއަހަރުގެ ފިޠުރު ޢީދުގެ އުފާ ފާޅުކުރުމަށްޓަކައި، ޢާއިލާތަކާއި ރަޙުމަތްތެރިން ބައްދަލުވެ އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "ޢީދު ހަވީރު 1447" ޤައުމީ ފެންވަރުގައި ބޭއްވުމަށް ސަރުކާރުން ނިންމައިފައިވާކަމަށް އެމްއެންޑީއެފުން މީގެކުރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު