އިޒްރޭލާއި އެމެރިކާއާއި ދެކޮޅަށް ދެމުންދާ ހަމަލާތަކަށް އިރާނުން ދޫދިނުމުގެ އެއްވެސް ވިސްނުމެއް ނެތްކަން އިރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ހާމަކޮށްފިއެވެ.
ރައީސް މަސްޢޫދު ޕެޒެޝްކިއާން ބުރާސްފަތި ދުވަހު މީސްމީޑިއާ މެދުވެރިކޮށް މިކަން ހާމަކުރައްވަމުން ވިދާޅުވީ، މި ހަނގުރާމަ ހުއްޓުމަކަށް އަންނާނީ ބައިނަލްއަޤްވާމީ މުޖުތަމަޢުން އިރާނުގެ "ޤާނޫނީ ޙައްޤުތައް" ބަލައިގަނެ، ލިބުނު ގެއްލުމުގެ ބަދަލު ދީ، އަދި ކުރިއަށް އޮތް ތަނުގައި ދެވޭ ހަމަލާތަކުން ރައްކާތެރިކަން ކަށަވަރުކޮށްދިނުމުން ކަމަށެވެ.
ސަރަޙައްދީ ހަކަތައިގެ ވަޞީލަތްތަކަށް ހަމަލާދިނުމުގެ އިތުރުން، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މައި މަގު ކަމަށްވާ، ޕާޝިއަން ގަލްފުން އިންޑިއާ ކަނޑަށް ނުކުމެވެން އޮންނަ ހޯރްމޫޒް ކަނޑުއޮޅީގެ މައްޗަށް އިރާނުގެ ފުރިހަމަ ބާރު އެބައޮތެވެ.
އިރާނުގެ މައި ތެޔޮ ޓާމިނަލް ކަމަށްވާ ޚާރްގް އައިލެންޑަށް އެމެރިކާއިން ހަމަލާދީފާނެ ކަމަށް ބެލެވޭ ދަނޑިވަޅެއްގައި، އިރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ސޯޝަލް މީޑިއާގައި އިންޒާރު ދެއްވާފައިވަނީ، އިރާނުގެ ރަށްތަކަށް އަތްގަދަކުރަން އުޅޭ ކޮންމެ ބަޔަކަށްވެސް އެކަމުގެ ހިތި ނަތީޖާ ފެންނާނެ ކަމަށާއި، އެފަދަ މަސައްކަތެއް ކޮށްފިނަމަ ޕާޝިއަން ގަލްފު އުދުވާނީ ބާރުތަކުގެ ލެއިން ތަޣައްޔަރުވެގެންދާނެ ކަމަށެވެ.
ކަނޑުއޮޅީގެ ދަތުރުފަތުރު ހުއްޓުމަކަށް އައުމާއެކު، ބައިނަލްއަޤްވާމީ މިންގަނޑު ކަމަށްވާ ބްރެންޓް ކްރޫޑް ތެލުގެ އަގު 9 އިންސައްތަ އިތުރުވެ، ފީފާއެއްގެ އަގު 100 ޑޮލަރަށް ވުރެ މައްޗަށް އަރާފައިވެއެވެ. މިއީ ހަނގުރާމަ ފެށުނުއިރު ހުރި އަގަށްވުރެ 38 އިންސައްތަ ބޮޑު އަދަދެކެވެ. ފާއިތުވި ދުވަސްތަކުގައި ތެލުގެ އަގު އެކިވަރަށް ބަދަލުވަމުން އައިސްފައިވާއިރު، އެއް ދަނޑިވަޅެއްގައި ފީފާއެއްގެ އަގު 120 ޑޮލަރަށް ވެސް އުފުލިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު