ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި އަދަދެއްގެ ބަނގުރަލާއި ފައިސާއާއެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ނަޒްމުލް ޙަސަން (27އ) އެވެ.
ފުލުހުން ބުނީ މި ތަކެތި އަތުލައިގަނެފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ހުޅުމާލެ ޕޮލިސްގެ އޮޕަރޭޝަނަލް ސަޕޯޓާއެކު ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ ލޮޓެއް ބަލައި ފާސްކޮށް ކަމަށެވެ.
އެ ތަން ފާސްކުރިއިރު، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 40 ފުޅި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ހާމަކުރިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ތަން ފާސްކުރުމުގެ ތެރެއިން، ތުހުމަތު ކުރެވޭ ނަޒްމުލް ޙަސަންއާ ގުޅުންހުރި ކަމަށް ބެލެވޭ ސައިކަލެއް ވެސް ބަލައި ފާސްކުރި ކަމަށާއި، ސައިކަލުގެ މަޑިދަށުން ވެސް ބަނގުރާ ފެނިފައިވާ ކަމަށެވެ. އަދި ތަހުގީގީ ބޭނުމަށް ސައިކަލު މިހާރު ޓޯކޮށްފައި ވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ނަޒްމުލް ޙަސަންއާ ދެކޮޅަށް ތުހުމަތު ކުރެވިފައިވަނީ، ޤަވާއިދާ ޚިލާފފަށް ބަނގުރާ ގެންގުޅެ، ވިޔަފާރީގެ ނިޔަތުގައި ބަނގުރަލުގެ ވިޔަފާރިކުރި ކަމުގެ ތުހުމަތެވެ. ތަހުގީގީ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ނަޒްމުލް ޙަސަން ރާއްޖެއިން ޑީޕޯޓްކުރުމަށް މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު