މާލޭގެ މާފަންނު ދަކަންދާމަގުގައި ހުންނަ ގެއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 13:01 ހާއިރުއެވެ.
މި ހާދިސާގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ ސ. ހުޅުދޫ، ތޯތާޕަރީ، މުޙައްމަދު ނިޒާރު (54އ) އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އިތުރަށް ބުނެފައިވަނީ، މުޙައްމަދު ނިޒާރު ނިޔާވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތް ކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ އެއްވެސް ކަމެއް މިހާތަނަށް ކުރި ތަޙުޤީޤަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
ނިޔާވި މީހާގެ ހަށިގަނޑު މިހާރު ވަނީ އާއިލާއާ ހަވާލުކުރުމުގެ މަސައްކަތް ފަށާފައެވެ.
ފުލުހުން ދަނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު