އދ. ދިގުރަށުގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފަސް ބިދޭސީއަކު މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފިއެވެ.
މި ހާދިސާއާ ގުޅިގެން އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދިގުރަށުގައި ރޭ ހިނގާދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާގެ ޚަބަރު އެ ކޮމިޝަނުން އަޑުއެހީ ނުހަނު ހިތާމައާއެކު ކަމަށެވެ. އަދި މި ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް އެ ކޮމިޝަނުން ވަނީ ތައުޒިޔާ ފޮނުވާފައެވެ.
ހަމައެއާއެކު އެޗްއާރުސީއެމުން ބުނެފައިވަނީ، މި ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލަތު އެ ކޮމިޝަނުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. މީގެ އިތުރުން، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތަކާއި ހާދިސާގެ ވަށައިގެންވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ ބެލުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި ރޭ ހިނގި މި އަލިފާނުގެ ހާދިސާގައި ބަންގްލަދޭޝް ފަސް މީހަކު މަރުވެފައިވާއިރު، މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ރަށެއްގައި ހިނގި މިފަދަ އެންމެ ހިތާމަވެރި އެއް ހާދިސާއެވެ. މި އަލިފާނުގެ ހާދިސާއާ ގުޅިގެން، އިތުރު ފަރުވާއަށް މާލެ ގެނެވުނު ދެ މީހުންނަށް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާއިރު އެމީހުންގެ ޙާލު ސީރިއަސްކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ވެސް ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު