ސްރީލަންކާގެ ކަނޑުގެ ސިފައިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، އެ ގައުމުގެ ދެކުނު ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ މަސް ބޯޓަކުން 10 ބިލިއަން ސްރީލަންކާ ރުޕީސްއަށް ވުރެ އަގުބޮޑު މަސްތުވާތަކެއްޗާއި ނުރައްކާތެރި ހަތިޔާރުތަކެއް އަތުލައިގަނެފިއެވެ.
މި އޮޕަރޭޝަނުގައި ޖުމްލަ 654 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 478 ކިލޯގެ އައިސް (ކްރިސްޓަލް މެތު) އާއި 176 ކިލޯގެ ހެރޮއިނެވެ. މި ތަކެތި ފެނިފައިވަނީ ބޯޓު ފާސްކުރިއިރު ފެނުނު 48 ޕެކޭޖެއްގެ ތެރެއިންނެވެ.
މަސްތުވާތަކެތީގެ އިތުރުން، މި ބޯޓުން ގިނަ އަދަދެއްގެ ނުރައްކާތެރި ހަތިޔާރު ވެސް ވަނީ ފެނިފައެވެ. އޭގެ ތެރޭގައި އަށް ފިސްތޯލައާއި، ދެ ޓީ-56 މަރުކާގެ ރައިފަލް އަދި އެމް-16 މަރުކާގެ ބަޑިއެއް ހިމެނެއެވެ. ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މިއީ އެ ގައުމުގެ ކަނޑުގެ ސިފައިންނަށް ކަނޑުމަތިން މިހާތަނަށް އަތުލައިގަނެވުނު އެންމެ ގިނަ ހަތިޔާރެވެ.
މި ހަފުތާގެ ކުރީކޮޅު އަތުލައިގަތް މި ބޯޓު، އިތުރަށް ފާސްކުރުމަށްޓަކައި ބުރާސްފަތި ދުވަހު ވަނީ ޑިކޯވިޓާ މަސް ބަނދަރަށް ގެންގޮސްފައެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާއިރު، މިއީ ފަހުގެ ތާރީޚެއްގައި ސްރީލަންކާއިން އަތުލައިގަތް އެންމެ ބޮޑު އެއް ޑްރަގް އަދި ހަތިޔާރުގެ ނެޓްވޯކެވެ.
މި މައްސަލައިގެ ތަހުގީގުތައް ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދަމުންކަމަށް އެ ޤައުމުގެ މީޑިއާތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު