ރާއްޖޭގައި ބާއްވާ މައި ދެ އިންތިޚާބެއް އެއްކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރެއް ނޫން ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޤާމުން އަޒުލުކުރަންޖެހޭ ފަދަ މައްސަލައެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުތަކުގެ ތެރޭގައި އިންތިޚާބުތައް އެއްކޮށްލުމުގެ ބާރު ހިމެނިގެން ނުވާ ކަމަށެވެ. މޫސަ ފާހަގަކުރެއްވި ގޮތުގައި މިފަދަ ނިންމުމެއް ނިންމުމަކީ ދުސްތޫރީ އިންތަކުން ބޭރުން ކުރާ ކަމެކެވެ.
ސިޔާސީ ޕާޓީއަކުން ވަކިވުމުން މަޖިލިސް މެންބަރުކަން ގެއްލޭ ގޮތަށް ގެނައި ބަދަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ، ޤާނޫނުއަސާސީގެ ހަތަރުވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ ބާރުގެ ދަށުން މަޖިލިސް އުފައްދާފައިވާއިރު، މެންބަރަކު ވަކިކުރެވޭނީ ޖިނާއީ މައްސަލައެއް ސާބިތުވުމުން ނުވަތަ ސާބިތު ދަރަންޏެއް ނުދެއްކުމުން ކަމަށެވެ. ނަމަވެސް ޕާޓީން ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ހެދުމަކީ ދުސްތޫރީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، އެ މައްސަލަ ސުޕްރީމް ކޯޓުގައި މިހާރު ވެސް އޮތީ "ޕާކުކޮށްފައި" ކަމަށް އޭނާ ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދެ ވަނަ މާއްދާގައި އޮންނާނެ މި ރާއްޖެއަކީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ޢަމަލުކުރެވޭ ތަނެއް. އިސްލާމްދީނުގެ އެންމެ މުހިންމު އެއް ކަމަކީ، ޢަދުލުއިންޞާފު ޤާއިމުކުރުން. އެގޮތަށް އޮއްވާ މިދިޔައީ ސުޕްރީމް ކޯޓަށް މައްސަލަ ހިފައިން. ނަމަވެސް، ސުޕްރީމް ކޯޓުގައި ތިބި މެންބަރުން ކަނޑައި ވަކިކޮށްފައި އަދިވެސް މައްސަލަ އޮތީ ޕާކުކޮށްފަ. އޮއްވާ ދެ ވަނަ ދުސްތޫރީ މައްސަލައެއް އަނެއްކާ މި ކުރިމަތިކުރުވީ. ދެ ވޯޓު އެއްކުރަން." މޫސަ ވިދާޅުވިއެވެ.
ހަމައެއާއެކު މޫސަ ވިދާޅުވީ ޤާނޫނުއަސާސީއަށް ބަދަލެއް ގެންނަން ބޭނުންވާ ނަމަ ހުރިހާ ސިޔާސީ ޕާޓީތަކަކާއެކު ފާޅުކަން ބޮޑު ގޮތެއްގައި މަޝްވަރާ ކުރަންޖެހޭނެ ކަމަށެވެ. އަދި ކުރިންވެސް އިންތިޚާބުތައް އެއްކޮށްލަން ނިންމި ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ދޮގެއް ކަމަށާއި، 2005 ވަނަ އަހަރުގެ މަޖިލީހަށްފަހު އައު ޤާނޫނުއަސާސީގެ ދަށުންވެސް އިންތިޚާބުތައް ބާއްވާފައިވަނީ ވަކިވަކިން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޒުވާނުންގެ ތައުލީމީ ފެންވަރު މަތިވެފައިވާ މި ދަނޑިވަޅުގައި ޤާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ރައްޔިތުންގެ ގާތަށް ދިއުމަކީ މައްސަލައެއް ނޫން ނަމަވެސް، މިއީ އެފަދަ ބަދަލެއް ގެންނަންވީ ވަގުތު ނޫން ކަމަށް މޫސަ ވިދާޅުވިއެވެ. އަދި ކޮންމެ ފަސް އަހަރަކުން އެއްފަހަރު ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން ދިއުމަކީ މެންބަރުން ކުރަންޖެހޭނެ ކަމެއް ކަމަށާއި، އެކަމުން ރެކުމަށް ދެ ވޯޓު އެއްކޮށްލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ މޫސަ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު