ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ޔުރިކް އެސިޑް މަތިވަނީ ހަމައެކަނި ނުރަނގަޅު ކާނާ ކެއުމުގެ ސަބަބުންނެވެ. ނަމަވެސް، ވަރަށް ފައިދާހުރި އަދި "ހެލްތީ" ޑައިޓެއް ގެންގުޅޭ މީހުންގެ ގައިގައިވެސް ޔުރިކް އެސިޑްގެ މިންވަރު މަތިވާކަން ފާހަގަކުރެވެއެވެ. މިއީ ހަށިގަނޑުގައި ހިނގާ ބައެއް ކެމިކަލް ބަދަލުތަކާއި، އަޅުގަނޑުމެން ކާބޯތަކެތި އިޚްތިޔާރުކުރާ ގޮތާ ގުޅިފައިވާ ކަމެކެވެ.
ޔުރިކް އެސިޑަކީ ހަށިގަނޑުގައި "ޕިއުރިން" ކިޔާ މާއްދާއެއް ބައިބައިވުމުގެ ތެރޭގައި އުފެދޭ ބައި-ޕްރޮޑަކްޓެކެވެ. އާންމުގޮތެއްގައި ޔުރިކް އެސިޑް ލޭގެ ތެރޭގައި ގިރި، ކިޑްނީގެ އެހީގައި ކުޑަކަމުދާ ތަކެއްޗާއެކު ހަށިގަނޑުން ބޭރުވެއެވެ. ނަމަވެސް، ހަށިގަނޑުން މިއެސިޑް ބޭރުކުރާ މިންވަރަށްވުރެ ގިނައިން އުފެދޭނަމަ ނުވަތަ ކިޑްނީއަށް އެ އެސިޑް އެކަށީގެންވާ ގޮތެއްގައި ބޭރުނުކުރެވޭނަމަ، ލޭގައި ޔުރިކް އެސިޑްގެ މިންވަރު މަތިވެއެވެ.
ފައިދާހުރި ކާނާ ކެއިނަމަވެސް ޔުރިކް އެސިޑް މަތިވާ އެންމެ ބޮޑު އެއް ސަބަބަކީ ބައެއް ކަހަލަ ސިއްހީ ކާނާތަކުގައި ޕިއުރިން ގިނަވުމެވެ. މިސާލަކަށް ބައެއް ކަހަލަ މަސްމަހާމެހި، ތަރުކާރީގެ ބާވަތްތައް ކަމަށްވާ ބްރޮކޮލީ، ކޮލިފްލާވާ އަދި މަޝްރޫމް ފަދަ ތަކެއްޗަކީ އާންމުކޮށް ސިއްހަތަށް ފައިދާހުރި ތަކެތި ކަމުގައި ބެލެވުނަސް، މިއީ ޕިއުރިން މަތި ބާވަތްތަކެވެ. އެހެންކަމުން، މިފަދަ ތަކެތި މާ ގިނައިން ބޭނުންކުރުމަކީ ޔުރިކް އެސިޑް މަތިވުމަށް މަގުފަހިވާ ކަމެކެވެ.
މީގެ އިތުރުން، "ފްރަކްޓޯޒް" ނުވަތަ މޭވާގައި ހުންނަ ހަކުރު ގިނަވުމަކީވެސް ސަމާލުވާންޖެހޭ ކަމެކެވެ. މޭވާއަކީ ސިއްހަތަށް ރަނގަޅު އެއްޗަކަށް ވިޔަސް، ބައެއް ކަހަލަ މޭވާތަކާއި މޭވާގެ ދިޔައިގައި ގިނަ އަދަދަކަށް ފްރަކްޓޯޒް އެކުލެވިގެންވެއެވެ. ހަށިގަނޑުގައި ފްރަކްޓޯޒް ބައިބައިވާއިރު ޔުރިކް އެސިޑް އުފެދޭ މިންވަރު އިތުރުކޮށްދެއެވެ. އެހެންކަމުން، ހަކުރު ގިނަ މޭވާތައް މާ ގިނައިން ބޭނުންކުރުމުންވެސް މި މައްސަލަ ދިމާވެއެވެ.
ހަމައެހެންމެ، ހަށިގަނޑުން ފެން މަދުވުމަކީވެސް ޔުރިކް އެސިޑް މަތިވާ ސަބަބެކެވެ. ފައިދާހުރި ކާނާ ކެއި ނަމަވެސް، ދުވާލަކު ބޯންޖެހޭ މިންވަރަށް ފެން ނުބޮވޭނަމަ، ކިޑްނީއަށް ޔުރިކް އެސިޑް ބޭރުކުރުމަށް ދަތިވެއެވެ. މީގެ ސަބަބުން ލޭގައި ޔުރިކް އެސިޑްގެ ކޮންސެންޓްރޭޝަން މަތިވެގެން ދެއެވެ.
އާއިލީ ގޮތުން ވާރުތަވާ ޖެނެޓިކް ސަބަބުތަކާއި، ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުމަކީވެސް ޑައިޓަށް ބެލި ނަމަވެސް ޔުރިކް އެސިޑް މަތިވާން މެދުވެރިވާ ކަންކަމެވެ. ހާއްސަކޮށް ލޭގެ ޕްރެޝަރަށް ދޭ ބައެއް ކަހަލަ ބޭސްތަކަކީ ހަށިގަނޑުން ޔުރިކް އެސިޑް ބޭރުކުރުން މަޑުޖައްސާލާ ބޭސްތަކެކެވެ.
ޔުރިކް އެސިޑްގެ މިންވަރު ކޮންޓްރޯލް ކުރުމަށްޓަކައި ހަމައެކަނި ފައިދާހުރި ކާނާއަށް ބެލުމުގެ ބަދަލުގައި، އެ ކާނާގައި ހިމެނޭ ޕިއުރިންގެ މިންވަރަށާއި، ހަށިގަނޑަށް ބޭނުންވާ ފެނުގެ މިންވަރަށް ސަމާލުކަން ދޭންޖެހެއެވެ. އަދި ގަވާއިދުން ކަސްރަތުކުރުމާއި ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަކީވެސް މިކަމުން ސަލާމަތްވުމަށް މުހިންމު ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު