ސިޔާސީ މައިދާނަކީ އާދަޔާޚިލާފު އުކުޅުތަކާއި ކުޅިވަރުތަކުން ފުރިގެންވާ ތަނެކެވެ. އޭގެ ތެރެއިންވެސް އެންމެ ދުވަސްވީ، އަދި އެންމެ ކާމިޔާބު އެއް އުކުޅަކީ "ހައިރާން ކުރުވަނިވި ސާދާ" އުކުޅެކެވެ. ލީޑަރަކު ވާހަކައެއް ކިޔައިދެނީ އެހާ އިތުބާރާއެކު، އެއީ ހަގީގަތެއްގެ ގޮތުގައި މީހުންނަށް ގަބޫލުކުރެވޭހާ އަސަރާއިއެކުއެވެ. އެއީ ޙަޤީޤަތާއި ޚިލާފު ކަމަކަށް ހީވިޔަސް، ގިނަ ބަޔަކު އަދިވެސް އިޚްތިޔާރު ކުރަނީ އެކަން ގަބޫލުކުރުމަށެވެ. އެއީ ހަމަ ދުވާލު އިރުގެ އަލިކަމުގައި މީހަކު އުޑުމައްޗަށް އިޝާރާތްކޮށް، އަހަރެމެންގެ މަތީގައި ތަރިތަކެއް ވިދާލާ ކަމަށް ބުނާ ފަދަ ކަމެކެވެ. މިފަދަ ދޮގުތައް ގަބޫލުކުރަން ތައްޔާރަށް ތިބި މީހުންގެ އަދަދު ގިނަކަމީ ހިތާމަހުރި، ނަމަވެސް އާދަޔާ ހިލާފު ކަމެކެވެ.
ލީޑަރުންނަށް "ނަރެޓިވް" ނުވަތަ ވާހަކަ ބައްޓަންކުރުމުގެ ބާރު ވަރަށް ރަނގަޅަށް ވިސްނެއެވެ. ހަޤީގަތްތަކަށް ނުވަތަ ހަޤީގީ ހައްލުތަކަށް ފޯކަސް ކުރުމުގެ ބަދަލުގައި، އެބޭފުޅުން އުފައްދަނީ ޑްރާމާ ވާހަކަތަކެވެ. މި ވާހަކަތަކުން ގިނަ ފަހަރަށް ވައުދުވަނީ ބޮޑު ބަދަލެއް، ފޮރުވިފައިވާ ކާމިޔާބީތަކެއް ނުވަތަ ނުފެންނަ ކުރިއެރުންތަކެވެ. ބޭނުންކުރާ ބަހަކީ ޖަޒުބާތީ އަދި ބާރުގަދަ ބަހެކެވެ. އެއީ މީހުންނަށް ފަޚުރުވެރިވުމާއި، އުއްމީދުވެރިކަމާއި، ނުވަތަ ރުޅިވެރިކަމުގެ އިޙްސާސް ކުރެވޭ ގޮތަށެވެ. ޖަޒުބާތުތައް ކޮންޓްރޯލް ކުރެވުމުން، ގިނަ ފަހަރަށް އިންސާނާގެ ބުއްދި ނުވަތަ ލޮޖިކް ފަހަތަށް ޖެހެއެވެ.
މިކަމުގައި ތަކުރާރު ކުރުމަކީ ވެސް ބޮޑު ދައުރެއް އަދާކުރާ ކަމެކެވެ. ތަގުރީރުތަކާއި، މީޑިއާ ޗެނަލްތަކާއި، ވަފާތެރި ސަޕޯޓަރުންގެ ތެރެއިން އެއް މެސެޖެއް ތަކުރާރު ކުރުމުން މަޑުމަޑުން އެ މެސެޖު އަހުލުވެރި ވެގެން ދެއެވެ. އަދި އެއްޗެއް ފަރިތަ ކަމުގެ އިހުސާސް ކުރެވުމުން، މީހުން އެއީ ހަގީގަތެއްގެ ގޮތުގައި ބަލަން ފަށައެވެ. ވަގުތު ފާއިތުވަމުން ދާއިރު، އެއްދުވަހަކު ޙަޤީޤަތާއި ޚިލާފު ކަމަށް ހީވި ކަންތައްތައް، އާދައިގެ ކަންކަމުގެ ގޮތުގައި އިޙްސާސްވާން ފަށައެވެ.
މިފަދަ ވާހަކަތަކާއި ކެމްޕޭންތައް ބައްޓަން ކުރުމުގައި ފައިސާގެ ދައުރު ވަރަށް ބޮޑެވެ. ގިނަ ފަހަރަށް ބޮޑެތި އަދަދުތަކުން ފައިސާ ބޭނުން ކުރަނީ އާންމުންނާ ދިމާއަށް ވަކި މެސެޖުތަކެއް ފޮނުވުމަށެވެ. ހިތާމަޔަކީ، މި މަސައްކަތްތަކުގެ ފަހަތުގައިވާ ފައިސާ އާޚިރުގައި ލިބެނީ ސަރުކާރުގެ ވަސީލަތްތަކުން ކަމަށް ވުމެވެ. އެއީ ދުވަހަކުވެސް އާންމުންގެ ލޮލަށް ފުރިހަމައަށް ނުފެންނަ ތަފާތު ލޭބަލްތަކުގެ ދަށުން ނުވަތަ މަޝްރޫއުތަކުގެ ދަށުން ބަޖެޓްތަކުގެ ތެރޭގައި ފޮރުވިފައި ހުރެދާނެ ކަމެކެވެ. އާންމު ރައްޔިތުން އެކަމަށް ފައިސާ ދައްކާއިރުވެސް، އޭގެ ހަގީގީ މަޤުސަދެއް ނުފެނެއެވެ.
ސަޕޯޓަރުންނަށް ނޭނގި ނަމަވެސް، މި ބޮޑު އޮޅުވާލުމުގެ ތެރޭގައި އެމީހުންވަނީ ހިއްސާވެރިންނަށް ވެފައެވެ. ބައެއް މީހުން އެ ވާހަކަ ތަކުރާރު ކުރަނީ ލީޑަރަށް އޮތް އިތުބާރެއްގެ ބޮޑުކަމުންނެވެ. އަނެއް ބަޔަކު ފަހަތުން ދަނީ ވަށައިގެން ތިބި އެންމެން ވެސް އެކަން ކުރަމުންދާތީ އެވެ. އެ މާހައުލުގައި މެސެޖާ މެދު ސުވާލު އުފެދުމަކީ ނުތަނަވަސްކަން އިހުސާސް ކުރެވިދާނެ ކަމަކަށް ވާތީ، ގިނަ މީހުން އިޚްތިޔާރު ކުރަނީ ހަނުހުރުމެވެ. ނަތީޖާއެއްގެ ގޮތުން ދޮގު ވާހަކަތައް އިތުރަށް ފެތުރިގެން ދެއެވެ.
ނަމަވެސް، މުޖުތަމައުތައް ވަރުގަދަ ވެގެން ދަނީ މީހުން ވަގުތުކޮޅެއް ނަގައިގެން ފަހަތަށް ޖެހި، ބޮޑު މަންޒަރަށް ބަލާލުމުންނެވެ. ރައްޔިތުން ސުވާލުކޮށް، ހަޤީގަތްތައް ބަލައި، ވަށައިގެން ހަޤީގަތުގައި ހިނގަމުންދާ ކަންތައްތައް ވިސްނަން މަސައްކަތް ކުރަން ޖެހެ އެވެ. މީހުން ލޯ ހުޅުވައިގެން ޤައުމުގެ ހަޤީގީ ހާލަތު ބަލަން އެބަޖެހެއެވެ. މިއަދު އަޅުގަނޑުމެން ކުރާ ކަންކަމަކީ މާދަމާގެ މުސްތަޤުބަލު ބައްޓަންކުރާނެ ކަންކަމެވެ.
މާޒީ މިހާރުވެސް އަހަރެމެންގެ ފަހަތުގައި އޮތް ނަމަވެސް، މުސްތަޤުބަލު ނިސްބަތްވަނީ އަޅުގަނޑުމެންގެ ދަރިންނަށެވެ. މިހާރު އަޅުގަނޑުމެން ފަރުވާކުޑަވެއްޖެނަމަ، އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމަށް ގެއްލުން ދިނުމުގެ އިތުރުން، އަންނަން އޮތް ޖީލަށް ހައްޤުވާ ފުރުސަތުތަކާއި ހަމަޖެހުންތައް ވެސް ގެއްލިދާނެއެވެ. ކޮންމެވެސް ހިސާބަކުން އަޅުގަނޑުމެން އެންމެން މިދުނިޔެ ދޫކޮށްދާނެއެވެ. ތާއަބަދު އެކަކުވެސް ދެމިނުހުންނާނެއެވެ. އެކަމަކު މިއަދު ނިންމި ނިންމުންތަކުގެ އަސަރު ދެމި އޮންނާނީ އަޅުގަނޑުމެން ނެތިގޮސް، ދަރިން ދިރިއުޅުމުގެ ޒިންމާ ނަގަންފަށާ ހިސާބުންނެވެ. އެހެންކަމުން، ރޯމާ ދުވާލު ފެންނަން ނެތް ތަރިތަކެއްގެ ވާހަކައިގައި ޖެހުމުގެ ބަދަލުގައި، ހަގީގީ އަލިކަމަކަށް އުއްމީދުކޮށް، ހޭލުންތެރިވާން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު