ޓެކްނޮލޮޖީގެ ދުނިޔޭގައި މިހާރު އެންމެ ބާރަށް ދެކެވެމުންދާ އެއް ވާހަކައަކީ، މައިކްރޯސޮފްޓްގެ އެންމެ ފަހުގެ އޮޕަރޭޓިން ސިސްޓަމް "ވިންޑޯޒް 12" އާ ބެހޭ ވާހަކައެވެ. ތަފާތު ރިޕޯޓްތަކަށް ބަލާއިރު، ވަރުގަދަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފީޗާސްތަކާއެކު 2026 ވަނަ އަހަރު ވިންޑޯޒް 12 ނެރޭނެ ކަމަށް މިހާރު ބެލެވެއެވެ.
ޕީސީވޯލްޑްގެ ރިޕޯޓެއްގައިވާ ގޮތުން، ވިންޑޯޒްގެ މި އާ ވަރޝަން 2026 ވަނަ އަހަރުގެ ފަހުކޮޅު ބާޒާރަށް ނެރޭނެއެވެ. އަދި މި ސިސްޓަމަށް "ހަޑްސަން ވެލީ ނެކްސްޓް"ގެ ނަމުން ނަން ދެވިފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި އާ އޮޕަރޭޓިން ސިސްޓަމްގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އާޓިފިޝަލް އިންޓެލިޖެންސަށާއި، އަލުން ޑިޒައިންކޮށްފައިވާ އޮޕަރޭޓިން ސްޓްރަކްޗާ އަށެވެ.
ވިންޑޯޒް 12 އަށް އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ މުޅި އޮޕަރޭޓިން ސިސްޓަމްގެ ތެރެއަށް "ޑީޕް އޭއައި އިންޓަގްރޭޝަން" ގެނައުމެވެ. މާނައަކީ، އޭއައި އަކީ ހަމައެކަނި ވަކި ޓޫލެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، ސާޗް ކުރުމާއި، ފައިލް މެނޭޖްމަންޓާއި، ސެޓިންގްސް އަދި ޕްރޮޑަކްޓިވިޓީ ޓޫލްސް ފަދަ ކޮންމެ ދުވަހަކު ބޭނުންކުރާ ހުރިހާ ފީޗާސްތަކެއްގެ ތެރޭގައި އޭއައި ހިމެނިގެން ދިއުމެވެ. މީގެ ސަބަބުން ޔޫޒަރުންނަށް ޓާސްކްތައް އޮޓޮމެޓިކް ކުރުމާއި، ފައިލްތައް ފަސޭހައިން އޯގަނައިޒް ކުރުމާއި، މަސައްކަތް ކުރަމުންދާއިރު ސްމާޓް ހުށަހެޅުންތައް ލިބިގެންދާނެއެވެ.
މިފަދަ ވަރުގަދަ އޭއައި ގާބިލްކަންތައްތަކަށް ސަޕޯޓް ކުރުމަށްޓަކައި، ވިންޑޯޒް 12 ބޭނުންކުރާ ޑިވައިސްތަކުގައި މަދުވެގެން 40 ޓޮޕްސްގެ ގާބިލްކަން ހުންނަ ނިއުރަލް ޕްރޮސެސިން ޔުނިޓެއް ހުންނަން ޖެހޭނެއެވެ. މި ޕްރޮސެސަރުތަކަކީ ހާއްސަކޮށް އޭއައި ވޯކްލޯޑްތައް ހަލުވިކަމާއެކު ބެލެހެއްޓުމަށް ފަރުމާކޮށްފައިވާ ޕްރޮސެސަރުތަކެކެވެ. މިހާރު އަލަށް އުފައްދާ ކޮމްޕިއުޓަރުތަކުގައި މިފަދަ ޕްރޮސެސަރުތައް އާންމުވަމުންދާކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން، ލަފާކުރެވޭ އަނެއް މުހިންމު ބަދަލަކީ "ކޯރޕީސީ" ތައާރަފް ކުރުމެވެ. މިއީ ވިންޑޯޒްގެ މޮޑިއުލާ ވާޝަނެކެވެ. މީގެ ސަބަބުން ސިސްޓަމްގެ އެކި ބައިތައް ވަކިކުރެވި، އޮޕަރޭޓިން ސިސްޓަމް އިތުރަށް ރައްކާތެރިވެ، އަޕްޑޭޓްތައް ގެނައުމަށް ފަސޭހަވެގެންދާނެއެވެ. އަދި ތަފާތު އެކި ފެންވަރުގެ ޑިވައިސްތަކުގައި މި ސިސްޓަމް އޮމާންކަމާއެކު ހިނގާނެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، ވިންޑޯޒްގެ އަސާސީ ފީޗާސްތައް އާންމުކޮށް ލިބުނު ނަމަވެސް، ބައެއް އެޑްވާންސް އޭއައި ޓޫލްތައް ބޭނުންކުރެވޭނީ ސަބްސްކްރިޕްޝަން އުސޫލުން ފައިސާ ދައްކައިގެންނެވެ. މި ބަދަލުތަކާއެކު ވިންޑޯޒް 12 ވެގެންދާނީ އޭއައިގެ އެހީގައި ޕާސަނަލް ކޮމްޕިއުޓިންގްއަށް އަންނަ އިންގިލާބީ ބަދަލަކަށެވެ. މިއީ ޓެކްނޮލޮޖީގެ މުސްތަގުބަލަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު