އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް
މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި ޝަރުއީ މަރުހަލާއިން ފެންނަން ހުރި ތަފާސް ހިސާބުތަކާމެދު ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މިދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެ އެވެ.

ޑްރަގުގެ މައްސަލަތައް ނުބެލި ލަސްވާތީ މީސް މީޑިއާގައި އާއްމުންގެ މީހަކު ކޮށްފައިވާ ޓްވީޓެއްގައި ވަނީ، ފާއިތުވެދިޔަ 2019 ވަނަ އަހަރުވެސް ޑްރަގް ޓްރެފިކިންގެ 92 މައްސަލަ ޝަރީއަތަށް ފޮނުވިއިރު ޝަރުއީ މަރުހަލާއިން ނިމިފައިވަނީ އެންމެ 2 މައްސަލަކަމަށެވެ. އަދި މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 47 މައްސަލައެއް ހުށައަޅާފައި ވާއިރު ނިމިފައި ވަނީ އެންމެ މައްސަލައެއް ކަމަށް އެ ޓްވީޓްގައި ވެއެވެ.

މި ޓްވީޓާއި ގުޅިގެން ރޮޒޭނާ ވިދާޅުވީ މިއީ ވަރަށް ކަންބޮޑުވާ ތަފާސްހިސާބެއް ކަމަށާއި، ދަޢުލަތުގެ އިދާރާތަކުން މިހާރު ފެންނަން ހުރި ތަފާސްހިސާބުތަކަށް ރިޢާޔަތް ކުރުމަށްފަހު ރަނގަޅު ބަދަލުތަކެއް ގެނަސް ޕޮޒިޓިވް ނަތީޖާއެއް ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.



ފުލުހުން ވަނީ މި މަހުގެ ތިންވަނަ ދުވަހު އައްޑޫގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ހިންގައި 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. ނަމަވެސް އެ މައްސަލާގައި ހައްޔަރުކުރި 14 މީހުންގެ ތެރެއިން އަށް މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-12

ޢަލީ ނަސީމު

13-Oct-2020

ޗޮކުން ފެރީ އައުމުގެ ފައިދާ މި ފެންނަނީ. ދެން އަތްޖަހާ!



ޓްރެންޑިން