ނ. މަނަދޫ، އަންނާރުމާގޭ ނަޢީމާ މޫސާ މަރާލި މައްސަލާގައި ދަޢުވާ އުފުލާފައިވާ ނ. މަނަދޫ، ވިނަރެސް، ޙަސަން ފަވާޛުގެ ޞިއްޙީ ޙާލަތު ހުރިގޮތުން، ހަރުކަށި ޝަރުޠުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން، ނަޢީމާ މޫސާ މަރާލި މައްސަލާގައި ފަވާޛުގެ މައްޗަށް 6 އެޕްރީލް 2023 ގައި ތިން ދަޢުވާއެއް ވަނީ އުފުލާފައެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދަޢުވާއެވެ. މި ދަޢުވާތައް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 30 ނޮވެންބަރު 2023 ގައެވެ.
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ތަޙުޤީޤު މަރުޙަލާއިން ފެށިގެން ފަވާޛު ހުރީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ޖަލު ބަންދުގައެވެ. ނަމަވެސް، އޭނާގެ ޞިއްޙީ ޙާލަތު ހުރިގޮތުން ޖަލުގައި ބަހައްޓައިގެން އެކަށީގެންވާ ފަރުވާ ދިނުމަށް ހުރަސްއެޅެމުންދާކަން ކަރެކްޝަނުން މި މަހުގެ 9 ވަނަ ދުވަހު ޕީޖީ އޮފީހުގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ.
ޕީޖީ އޮފީހުން ބުނީ، ފަވާޛުގެ ބަލި ޙާލަތާ ގުޅިގެން ޑޮކްޓަރުން ދެއްވާފައިވާ ލަފަޔާއި، ބަލީގެ ޙައްސާސްކަމަށް ރިޢާޔަތްކޮށް، ޤާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ލިބިދީފައިވާ ދިރިހުރުމުގެ ޙައްޤު ރައްކާތެރިކުރުމަށްޓަކައި އޭނާގެ ބަންދަށް ލުއިދިނުމަށް ކޯޓުގައި އެދުނީ ކަމަށެވެ. މިގޮތުން ކްރިމިނަލް ކޯޓުން ފަވާޛު ބަންދުން ދޫކޮށްލުމަށް ނިންމީ 17 މާރިޗު 2024 ގައެވެ.
ފަވާޛު ބަންދުން ދޫކޮށްލާފައިވަނީ ބަންދުން ދޫކޮށްލާފައި ހުންނައިރު ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ނުކުރުން އަދި އިތުރު ކުށެއް ނުކުރުމަށާއި، ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުވުމަށާއި، ބޭސްފަރުވާ ހޯދުމަށް ފިޔަވައި ރޭގަނޑު 18:00 އިން ހެނދުނު 8:00 އާ ދެމެދު ގެއިން ބޭރަށް ނުނިކުތުމަށާއި، ބޭސްފަރުވާ ހޯދުމަށް އެހެން ތަނަކަށް ހާޒިރުވާންޖެހޭ ޙާލަތް ފިޔަވައި އެނޫން ހުރިހާ ޙާލަތެއްގައި، ކޮންމެ ދުވަހަކު ހެނދުނު 8:00 އާ 12:00 އާ ދެމެދުގެ ވަގުތެއްގައި އެންމެ ކައިރީ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވެ ސޮއިކުރުމަށާއި، މާލެއިން ބޭރަށް ނުދިއުމަށާއި، މައްސަލާގައި ހެކިބަސްދޭނެކަމަށް ޤަބޫލުކުރެވޭ އެއްވެސް މީހަކާ މުޢާމަލާތު ނުކުރުމާއި، ބައްދަލު ނުކުރުމާއި، ހެކިންނަށް ނުފޫޒު ނުފޯރުވުމަށާއި، ފަރުވާ ހޯދަމުންދާކަމުގެ ލިޔެކިއުންތައް ކޮންމެ 15 ދުވަހަކުން އެއް ފަހަރު ޕީޖީ އޮފީހަށާއި، ކްރިމިނަލް ކޯޓާ ޙިއްޞާކުރަމުންދިއުމަށް ޝަރުތު ކުރުމަށް ފަހުއެވެ.
ފަވާޛު މި ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ފުލުހުންނާއި ކަރެކްޝަނުން ބަލަމުންދާނެ ކަމަށާއި، އެއްވެސް ޝަރުޠަކާ ޚިލާފުވެއްޖެނަމަ، އަލުން އޭނާ ޖަލު ބަންދަށް ބަދަލުކުރުމަށް ކޯޓުގައި އެދޭނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.
ނައީމާ މަރާލާފަައި އޮއްވާ ފެނިފައިވަނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 07 ވަނަ ދުވަހު އިރުއޮއްސުނު ވަގުތު އޭނާގެ ޚަބަރެއް ނުވެގެން އޭނާ ދިރިއުޅެމުންދިޔަ ގޭގެ ދޮރު ހަލާކުކޮށްލުމަށްފަހު ފުލުހުން ވަދެ ބެލުމުންނެވެ. ނައީމާ ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރީގެ ތަޅުންގަނޑު މަތީގައި އަނިޔާތަކަކާއެކު މަރުވެފައި އޮއްވައެވެ.
ނައީމާއަކީ އެ ރަށު ކައުންސިލްގެ މުވައްޒަފެކެވެ. އެކަނި އުޅެމުންދިޔަ ނައީމާގެ 3 ދަރިންވެސް ދިރިއުޅެމުން ދިޔައީ ރަށުން ބޭރުގައެވެ. އަދި އޭނާގެ ހަބަރެއް ނުވާތާ ދެ ދުވަސްވުމުން އެކަން އާއިލާއަށް އެންގީ އޭނާއާއެކު މަސައްކަތްކުރާ މީހުންނެވެ.
ނައީމާގެ މަރުގެ މައްސަލާގައި ދަޢުލަތުން ދަޢުވާ އުފުލާފައިވަނީ އެރަށަށް ނިސްބަތްވާ އަހުޒަމް އަބްދުއްޝުކޫރު (23އ) އާއި ރިފާޝް އަބޫބަކުރު (21އ) ގެ އިތުރުން ހަސަން ފަވާޒު (21އ) ގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު