މެދުއިރުމަތީގައި އީރާން، އިސްރާއީލް އަދި އެމެރިކާގެ މެދުގައި މި ހިނގާ ހަނގުރާމައިގައި ރާއްޖެއަށް ފޫ ނުބެއްދޭ ވަރުގެ ގެއްލުންތަކެއް ވަމުންދާއިރު މިކަމަށް ސަރުކާރުގެ ބަހެއް ނުލިބޭތާ އެތަކެއް ދުވަހެއް ވެއްޖެއެވެ.
މިކަމާ ބެހޭގޮތުން އެންމެ ފަހުން ދިވެހި ސަރުކާރުގެ ބަހެއް ލިބިފައިވަނީ މިމަހުގެ ދެވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ދިން ޕްރެސް ކޮންފަރެންސެއްގައެވެ. އެދުވަހު ރައީސް ވިދާޅުވީ ރާއްޖެއަށް ތެލާއި، ގޭހާއި، ކާނާގެ އެއްވެސް ދަތިކަމެއް އަދި ނެތްކަމަށެވެ.
ނަމަވެސް ކަންތައްވީ މުޅިން އިދިކޮޅަށެވެ. ރައީސް ނޫސްވެރިންނާ ބައްދަލުކުރުމަށްފަހު، ޖެހިގެން އައި ދުވަހު ތެލުގެ އަގު ވަނީ 13.50 އިން 16.01 އަށް ބޮޑުކޮށްފައެވެ. އޭގެ ފަހުން، އިތުރު އެއްވެސް އެންގުންތަކަކާއި ނުލާ ރާއްޖޭގެ ގިނަ ރަށްރަށުން ޕެޓްރޯލުގެ އަގު 30 ރުފިޔާއަށް ހަމައަށް ބޮޑުވެގެންދިޔައެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ރައްޔިތުން ސޯޝަލް މީޑިޔާގައި އެތަކެއް ޕޯސްޓުތަކެއް ކޮށްފައިވާ އިރު، ކަމުގެ ހަގީގަތް ނުވަތަ ސަރުކާރުގެ ޕްލޭނަކާ ބެހޭގޮތުންވެސް އެއްވެސް ބަހެއް ލިބިފައެއް ނެތެވެ.
ކަން މިހެން އޮތް ކަމުގައިވިޔަސް، މި ދުވަސްވަރު ގިނަ ރަށްރަށުގައި ބޮޑެތި އައު މަޝްރޫއުތައް ފަށައިގެން ކުރިއަށް ދަނީއެވެ. އަދި ކެންޕޭނުގެ އެތަކެއް ހަރަކާތްތައްވެސް މެދުކެނޑުމެއް ނެތި ކުރިއަަށް އެބަ ދެއެވެ. މީގެއިތުރުން މާލޭގެ ބޮޑު ސަރަހައްދެއްގައި އޮތީ އީދަށް ބޮކިފަތި ދިއްލާފައެވެ.
މިއީ ހަކަތަ ފަހަށް ރައްކާކޮށް، ރާއްޖޭގެ އިގުތިސާދު ފުޑުނަ ނުދީ މަސައްކަތްކުރަންވީ ވަގުތު، ހަމަ ކުރަންވީ އެންމެ ރަނގަޅު ކަންކަންތޯއޭ އަހައި ސުވާލު ކުރާވަރު ކަންކަމެވެ.
މެދުއިރުމަތީގެ ހަމަ ނުޖެހުމާއެކު، އެސަރަހައްދުގެ ތެލާއި ގޭހަށް ބަރޯސާ ވާ ގައުމުތަކުން މިހާރު މިވަނީ ހަކަތަ ބޭކާރު ނުކޮށްވޭތޯ މަސައްކަތްފަށާފައެވެ. އެގޮތުން ބަންގްލަދޭޝްގައި ޔުނިވަރސިޓީތައް ބަންދުކޮށްފައިވާއިރު، އަވަށްޓެރި ސްރީލަންކާއިން މިވަނީ ހަފްތާ ބަންދު ދެދުވަހުގެ އިތުރުން ހަފްތާގެ ބުދަ ދުވަހަކީވެސް ބަންދު ދުވަހެއްގެ ގޮތުގައި ނިންމާފައެވެ. އަދި ގިނަ ގައުމުތަކުން މިހާރު ވަނީ ސަރުކާރާ، ސްކޫލް ތަކުގައި ކިޔަވައިދޭ ވަގުތުވެސް މަދުކޮށްފައެވެ.
އިގްތިސާދީ ގޮތުން ބެލިއަަސް ތަރައްގީގެ ގޮތުން ބެލިއަސް ރާއްޖެއަށް ވުރެއް ކުރިއަރާފައިވާ ގައުމުތަކުން ހަކަތަ ރައްކާކޮށް، މެދުއިރުމަތީގެ ހަމަނުޖެހުން ދިގުދެމިލައިގެން ގޮސްފާނެތީ ތައްޔާރުވެ ތިބުމަށް ކުރަމުންދާ މަސައްކަތް ފެނުމުން، ރާއްޖޭގެ ސަރުކާރަށް، ރާއްޖެއަށް އެއްވެސް ގެއްލުމެއް ނުވާނެކަމަށް ބެލެވެނީތޯ އަހާ މީހުންވެސް މަދެއް ނޫނެވެ. ގިނަބަޔަކު ދަނީ ސަރުކާރުން ރައްޔިތުންގެ ލޮލުގައި އަދުން އަޅުވަނީ ކަމަށް ބުނެ އެތައް ތުހުމަތެއް އަޅުވަމުންނެވެ. ނަމަވެސް ސަރުކާރު އޮތީ ކަހާތަން ހިރުވާވެސް ނުލައެވެ.
ރާއްޖެއަށް އެތެރެކުރާ، ތެލާއި، ގޭސް އަދި ކާނާގެ ބައެއް ބާވަތްތަކަކީ މެދުއިރުމަތީގެ ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށް ރާއްޖެ އެތެރެކުރާ ތަކެއްޗެވެ. ރާއްޖޭގައި މިތަކެތި ގިނަ ދުވަސްތަކަކަށް ސްޓޯ ކުރެވޭނެ ނިޒާމެއް ނެތުމުން ތެލާއި، ގޭހާއި، ކާބޯތަކެތީގެ އަގުބޮޑުވުމާއި އެތަކެއްޗަށް ޖެހުމުގެ ފުރުސަތުވެސް ބޮޑުކަމަށް ކަމާ ބެހޭ މާހިރުން ދެކެއެވެ. މީގެއިތުރުން ފަތުރުވެރިކަމަށް ބަރޯސާވާ ރާއްޖެއަށް އަންނަ ގިނަ ފަތުރުވެރިން ޓްރާންސިޓްވާ މައި ހަބަކީ މެދުއިރުމަތީގެ އެއާޕޯޓުތައްކަމަށްވާއިރު، މެދުއިރުމަތީގެ ގިނަ އެއާޕޯޓުތައް ބަންދުކުރުމުގެ ސަބަބުން، ފަތުރުވެރިކަމުގެ ސިނާއަތަށްވެސް އޮތީބޮޑު ލޮޅުމެއް އަރާފައެވެ.
ކަން މިހެން އޮވެ، ރާއްޖެ ބޮޑު ބިރުވެރިކަމަކާ ދިމާލަށް މިސްރާބު ހުރިކަމީ ދޮގަކަށް ނުވާނެއެވެ. ނަމަވެސް ސަރުކާރު އޮތީ މިކަމުގައި ހިމޭނުންނެވެ. ފޯކަސް ހުރީ އިންތިހާބީ ކެމްޕޭނާއި، ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު