މިއަދުގެ ދުނިޔޭގައި ހިތުގެ ބަލިތަކަކީ ހަމައެކަނި ދޮށީ އުމުރުގެ މީހުންނަށް ޖެހޭ ބަލިތަކެއްގެ ގޮތުގައި އޮތް އޮތުން ވަނީ ބަދަލުވެފައެވެ. ފަހަކަށް އައިސް ޒުވާނުންގެ މެދުގައި ކުއްލިއަކަށް ހިތް ހުއްޓުމާއި، ހިތުގެ ތަފާތު ބަލިތައް އާންމުވަމުންދާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި މީގެ އެންމެ ބޮޑު ސަބަބަކީ އަދުގެ ޒުވާނުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ނޭދެވޭ ބަދަލުތަކެވެ.
ޒުވާނުންގެ މެދުގައި ހިތުގެ މައްސަލަތައް އިތުރުވާ އެންމެ މައިގަނޑު އެއް ސަބަބަކީ ކެއިންބުއިމުގެ ނުބައި އާދަތަކެވެ. ފާސްޓް ފުޑާއި، ގިނަ އަދަދަކަށް ހަކުރާއި ލޮނު ހިމެނޭ ކާނާ ބޭނުންކުރުން ވަނީ އާންމުވެފައެވެ. މީގެ އިތުރުން، ޕްރޮސެސްކޮށްފައިވާ ކާނާ ގިނައިން ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑުގައި ނުބައި ކޮލެސްޓްރޯލް އިތުރުވެ، ލޭގެ ހޮޅިތައް ބެދުމަށް މަގުފަހިވެއެވެ. މިއީ ހިތުގެ ބަލިތަކަށް ހުށަހެޅޭ އެންމެ ބޮޑު އެއް ދޮރެވެ.
ޖިސްމާނީ ހަރަކާތްތެރިކަން ކުޑަވުމަކީވެސް މި މައްސަލަ ބޮޑުވާ ސަބަބެކެވެ. ގިނަ ވަގުތު އިށީނދެގެން ތިބެ ކުރަންޖެހޭ މަސައްކަތްތައް އިތުރުވުމާއި، މުނިފޫހިފިލުވުމުގެ ގޮތުންވެސް ސްކްރީންތަކުގެ ކުރިމަތީގައި ގިނަ ވަގުތު ހޭދަކުރުމުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކަސްރަތު ނުލިބެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން މީހާ މާބޮޑަށް ފަލަވުމާއި، ހަކުރު ބައްޔާއި ލޭގެ ޕްރެޝަރު މަތިވުން ފަދަ ހިތުގެ ބަލިތަކަށް މަގުފަހިކުރާ ކަންކަން ކުރިމަތިވެއެވެ.
ނަފްސާނީ ދުޅަހެޔޮކަމަކީ ހިތުގެ ސިއްހަތާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. މިއަދުގެ ޒުވާނުންނަށް ދިރިއުޅުމުގެ އެކި ދާއިރާތަކުން ކުރިމަތިވާ ފިއްތުންތަކާއި ސްޓްރެސްގެ ސަބަބުން ހިތުގެ ވިންދަށް ބަދަލު އައިސް، ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި ސްޓްރެސް ކުޑަކުރުމުގެ ނަމުގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި، އެނަރޖީ ޑްރިންކްސް ފަދަ ތަކެތި ބޭނުންކުރުމަކީ ހިތުގެ މަސްތަކަށް ގެއްލުންދީ، ކުއްލިއަކަށް ހިތް ހުއްޓުމަށް މެދުވެރިވާ ކަންކަމެވެ.
މީގެ އިތުރުން ނިދި މަދުވުމަކީވެސް ޒުވާނުންގެ ސިއްހަތަށް ހުރި ނުރައްކަލެކެވެ. ރޭގަނޑުގެ ގިނަ ވަގުތު ހޭލާ ހުރުމުގެ ސަބަބުން ހަށިގަނޑުގެ ބަޔޮލޮޖިކަލް ކްލޮކް އޮޅުންބޮޅުންވެ، ހޯރމޯންތަކަށް ބަދަލު އާދެއެވެ. މިއީ ލޭގެ ޕްރެޝަރު މަތިވުމަށް މެދުވެރިވާ ސަބަބެކެވެ.
ޒުވާން އުމުރުގައި މިފަދަ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެންނަން ޖެހެއެވެ. ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމާއި، ގަވާއިދުން ކަސްރަތުކުރުމާއި، އެކަށީގެން ވާވާވަރަށް ނިދި ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެ، ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ ދިގު މުއްދަތަކަށް ހިތުގެ ސިއްހަތު ސަލާމަތްކުރުމަށް އޮތް އެންމެ ރަނގަޅު މަގެވެ.

ކިޔުންތެރިންގެ ހިޔާލު