ގިނަގިނައިން އިންތިޚާބުތައް ބޭއްވުމުގެ ސަބަބުން ޤައުމުގެ ހަމަޖެހުމަށާއި އިޤްތިޞާދަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ، ސިޔާސީ ފަރާތްތަކުން ރައްޔިތުންގެ "ބޯކާން" ދައްކާ ވާހަކަތަކެއް ކަމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.
ނަސީމް މިފަދައިން ވިދާޅުވީ، އިންތިޚާބުތައް ގިނަވުމަކީ އިޤްތިޞާދަށް ހުރި ގޮންޖެހުމެއް ކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، އެކަމަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ނަސީމް ސިފަކުރެއްވި ގޮތުގައި މިއީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގައި އާންމުކޮށް ރައްޔިތުންގެ ވިސްނުން ބަދަލުކޮށްލުމަށް ބޭނުންކުރާ އުކުޅެކެވެ.
"މީ މިރާއްޖޭގައި އާއްމުކޮށް ރައްޔިތުން ބޯކާން ސިޔާސީމީހުން ކިޔާ ޒާތުގެ އެއްޗެހި އަބަދުވެސް. ދެން މާދަން ބުނާނެ.. ދެއިންތިޚާބު އެއްނުކޮށްފިއްޔާ މިރާއްޖެއަކު އިސްލާމްދީނެއް ނޯންނާނޭ،" ނަސީމްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ޤައުމުގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން ނަސީމް ވިދާޅުވީ، ދެ އިންތިޚާބު އެއްކުރުމުގެ މަސައްކަތުގައި ސިޔާސީ ފަރާތްތައް މަޝްޣޫލުވެގެން އުޅޭއިރު، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކަށް ބުރޫއަރަމުންދާ ކަމަށެވެ. އެގޮތުން ތެލާއި ގޭހުގެ ދަތިކަން ކުރިމަތިވަމުންދާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި ފެނާއި ކާބޯތަކެއްޗަށް ވެސް ދަތިވެދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
"ދެއިންތިޚާބު އެއްކުރަން ބިޒީވެ ކެމްޕޭނުކުރަން ތިއްބާ ތެލަށް ޖެހިއްޖެ. ގޭހަށް ޖެހިއްޖެ. ދެން ޖެހޭނީ ފެނަށް. ކާބޯތަކެއްޗަށް. ހޭ އަރާކަށް ނުވޭތަ؟" ނަސީމް ސުވާލު އުފެއްދެވިއެވެ.
ދެ އިންތިޚާބު އެއްކުރުމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު ނަގަން ދެ ހަފްތާއަށް ވެފައިވާއިރު، ސަރުކާރުގެ ފަރާތުން ބުނަމުންދަނީ ގިނަގިނައިން އިންތިޚާބުތައް ބޭއްވުމަކީ ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަންޖެހޭ އަދި ޤައުމުގެ ހަމަޖެހުމަށް އަސަރުކުރާ ކަމެއް ކަމަށެވެ.
އަދި އިންތިޚާބުތައް އެއްކޮށްލުމަކީ ޚަރަދު ކުޑަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. ނަމަވެސް، އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ޚަރަދު ކުޑަކުރުމުގެ އެއްވެސް އިޚްލާޞްތެރި ނިޔަތެއް ސަރުކާރުގެ ކިބަޔަކު ނެތެވެ.

ކިޔުންތެރިންގެ ހިޔާލު