އައްޑޫ ސިޓީގެ ތަރައްޤީއަށްޓަކައި ކައުންސިލް އިންތިހާބުގެ ހުރިހާ ގޮޑިއެއް އެމްޑީޕީއަށް ދީ، ސުޕަރ މެޖޯރިޓީ ހޯދާ، އައްޑޫ ސިޓީގެ ފަހުރު ދެމެހެއްޓުން މުހިއްމުކަމަށް މިހާރުގެ އައްޑޫ ސިޓީގެ ކައުންސިލް މެމްބަރު ހުސައިން ޒަރީރު ވިދާޅުވެއްޖެއެވެ. ޒަރީރު މިހެން ވިދާޅުވެފައި ވަނީ ރަސް އޮންލައިނަށް ދެއްވި ޚާއްސަ ބަސްދީ ގަތުމެއްގައެވެ.
ލޯކަލް ކައުންސިލް ހިންގުމުގެ މި ނިޒާމަކީ އެމްޑީޕީގެ އުފެއްދުމަކަށް ވާއިރު އެ އެއްޗެއްގެ އެންމެ ހެޔޮ ބޭނުން ކުރާނީ އަދި ކުރަން އެނގޭނީވެސް އެ އެއްޗެއް އީޖާދު ކުރި ބަޔަކަށް ކަން ފާހަގަކުރައްވައި ޒަރީރު ވިދާޅުވީ ޕީ.އެން.ސީ ފަދަ މި ނިޒާމު ފްރީޒްކޮށްލަން މަސައްކަތް ކުރި ބަޔަކަށް އެއްވެސް ރަށެއްގެ އެއްވެސް ގޮނޑިއެއް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ.
ޒަރީރު ވިދާލުވީ އައްޑޫ ސިޓީގެ ކުރިއެރުމަށް މިހާތަނަށް ހުރިހާ ކަމެއް ކޮށްދީފައިވަނީ އެމްޑީޕީގެ ސަރުކާރުން ކަމަށާއި ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން 50 އަހަރުން ނުވި ތަރައްގީ އެމްޑީޕީގެ 5 އަހަރުގެ ދައުރެއްްގައި އައްޑޫއަށް ގެނެސްދީފައިވުމުން އެކަން ހެއްކަކަށް ފުދޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އައްޑޫގެ ކުރިއެރުމުގެ އެންމެ ބޮޑު އެއް ކަމަކަށް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސާރކް ސަމިޓް ބާއްވައިދިނުން، އޭނާ ފާހަގަކުރެއްވިއެވެ.
ޒަރީރު ވިދާޅުވިގޮތުގައި މުޅި ރާއްޖެއަށް ބަލާލާއިރު އެންމެން އިއްތިފާގުވާ ބޮޑެތި ހެޔޮ ބަދަލުތައް ގެނެސްދީފައިވަނީ އެމްޑީޕީން ނެވެ. އޭގެ ތެރޭގައި، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޭސް ސިޓީއަށް ސަލާން ޖެހުން ހުއްޓުމަކަށް ގެނެސްދީ އާސަންދަ އުފެއްދުމާއި، ފޮތް ލިސްޓަށް ސަލާން ޖެހުން ހުއްޓުމަކަށް ގެނެސްދީ ފޮތް ލިސްޓު ހިލޭ ކޮށްދިނުމާއި، އެކަނިވެރި މައިން، މުސްކުޅިން އަދި ނުކުޅެދޭ މީހުނަށް އިނާޔަތެއް ދޭން ފެށުން ހިމެނެއެވެ. އެހެންކަމުން، މިކަންތައްތަކަކީ އައްޑޫ ސިޓީ އަދި އެހެން ރަށްތަކުންވެސް އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ދޭންޖެހޭ މައިގަނޑު ސަބަބުތައްކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޮަށްދީފައިވާ ކަންތައްތަކަަށް ތައުރީފުކޮށް، ޚުދު މިހާރުގެ ރައީސް ޑރ މުހައްމަދު މުއީޒު ވިދާޅުވާ ކަމަށާއި އެމްޑީޕީން ކޮށްދީފައިވާ ކަންތައްތަކުގެ ރަނގަޅު ވާހަކަ އެމަނިކުފާނުގެ އެކުވެރިން ގާތުގައި ވިދާޅުވާ ކަމަށްވެސް ރަށުތެރެއިން އިވޭ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު