"ބަޓިކް އެއާ" ގެ ފްލައިޓެއް
"ބަޓިކް އެއާ" ގެ ފްލައިޓެއް
ރާއްޖެއަށް ދަތުރުކުރި ބައިނަލްއަޤުވާމީ ފްލައިޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި ރާއްޖެއަށް ދަތުރުކުރި "ބަޓިކް އެއާ" ގެ ފްލައިޓެއްގެ ތެރޭގައި ކަމަށެވެ.

"ފްލައިޓްގެ ތެރޭގައި މީހަކު ހަމަނުޖެހުން ހިންގާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުމާ ގުޅިގެން، އެ ފްލައިޓުން ރާއްޖެ އައި ދިވެހި ފިރިހެނަކު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ." ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް، ނުވަތަ ހަމަނުޖެހުން ހިންގަން މެދުވެރިވި ސަބަބެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި މައްސަލަ ފުލުހުން މިހާރު ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

ވައިގެ ދަތުރުފަތުރުގެ ގަވާއިދުތައް ބުނާގޮތުން، ފްލައިޓެއްގެ ތެރޭގައި ދަތުރުވެރިންނާއި ފްލައިޓްގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ އެއްވެސް އަމަލެއް ހިންގުމަކީ ބޮޑެތި ކުށްތަކުގެ ގޮތުގައި ބެލެވޭ ކަންކަމެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ގާނޫނީ ގޮތުން ބޮޑެތި އަދަބުތައް ކަނޑައެޅިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު