ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނުން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގި ވަގުތު އެ ލޯންޗުގައި ޖުމުލަ ހަތް މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ޔޫކޭ އަދި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ.
ލޯންޗު ބަންޑުން ޖަހާލުމާއެކު އޭގެ ތެރެއިން ފަސް މީހަކު ވަނީ މޫދަށް ވިއްސައިގެން ގޮސްފައެވެ. އެއީ ރަޝިއާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުން ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. މޫދަށް ވެއްޓުނު މީހުންގެ ތެރެއިން އިންޑިއާގެ ދެ ފިރިހެނަކު އަދިވެސް ފެނިފައި ނުވާއިރު، އެ ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.
މި ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އެމްއެންޑީއެފުން ބުނީ ވ. ކެޔޮދޫ ހުޅަނގު ދެކުނުން ދެ ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި ލޯންޗަކުން ދެ މީހަކު ގެއްލިގެން އެ މީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، ގެއްލުނު މީހުން ހޯދުމަށް ފުލުހުން ދަނީ އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު