އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، އީރާނުގެ ގަޒްވިން ސިޓީއަށް ދިން ހަމަލާއެއްގައި އުމުރުން އެންމެ 20 ދުވަހުގެ ތުއްތު ކުއްޖަކު ކަމަށްވާ މުހައްމަދު އަލީ ކަޔާލްހާ ޝަހީދުކޮށްލައިފިއެވެ.

ފާރްސް ނިއުސް އެޖެންސީން އެކްސްގައި އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ގިނަ އަދަދެއްގެ ބަޔަކު އެއްވެ ކަޔާލްހާގެ މަރަށް ހިތާމަފާޅުކޮށް އަޑުއުފުލަމުންދިޔައިރު، މީހަކު ވަނީ ކަފުންކޮށްފައިވާ އެ ތުއްތު ކުއްޖާގެ ހަށިގަނޑު މައްޗަށް އުފުލާފައެވެ.





ތެހެރާން ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ތުއްތު ކުއްޖާ ޝަހީދުވީ ތެހެރާންގެ މަޖީދިއޭ ސަރަހައްދުގައި ހުރި މީހުން ދިރިއުޅޭ އިމާރާތްތަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައެވެ. މި ހަމަލާގައި އެ ކުއްޖާގެ އިތުރުން އޭނާގެ މަންމައާއި ބޭބެ ވެސް ވަނީ ޝަހީދުވެފައެވެ. މިއީ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށްދޭ ހަމަލާތަކުގެ ނުރައްކާތެރިކަން ހާމަވެގެންދިޔަ ހިތާމަވެރި ހާދިސާއެކެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި މި ހަނގުރާމައިގައި މިހާތަނަށް އީރާނުން 204 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި ހަނގުރާމައިގެ ސަބަބުން އީރާނުގެ އެކި ސިޓީތަކުގެ އާންމު މަސްލަހަތު ގެއްލި، ގިނަ އަދަދެއްގެ އާންމުންނަށް ދަނީ އޭގެ ނޭދެވޭ އަސަރު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު