ރާއްޖޭގައި ތެލުގެ ރިޒާވެއް ގާއިމްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހަތަރު އަހަރު ދުވަހުގެ ޕްލޭނެއްގެ ދަށުން، ރާއްޖޭގެ ތިން ސަރަހައްދަކަށް ބަހާލައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ފަދަ މުހިންމު ވަސީލަތެއްގެ ގޮތުގައި ތެލުގެ ރިޒާވެއް އޮތުމަކީ ގައުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި، އެކަމަށް ބޭނުންވާ ދިރާސާތައް މިހާރު ފަށާފައިވާ ކަމަށެވެ.
މި މަޝްރޫއަށް ގާތްގަނޑަކަށް 150 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބޭނުންވާނެ ކަމަށް އަންދާޒާކުރެވޭއިރު، ސަރުކާރުގެ އަމާޒަކީ އެއް އަހަރު ދުވަހަށް ބޭނުންވާ ވަރަށް ތެޔޮ ރައްކާކުރެވޭނެ ނިޒާމެއް ގާއިމްކުރުމެވެ. މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އެއް އަހަރުގެ ރިޒާވެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ރާއްޖެއަކީ ތެލަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށްވެފައި، ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ސީދާ ގޮތެއްގައި ކުރެއެވެ. ކޮންމެ އަހަރަކު ގާތްގަނޑަކަށް 900 މިލިއަން ޑޮލަރުގެ ތެޔޮ ރާއްޖެއަށް އެތެރެކުރަން ޖެހޭއިރު، މިފަދަ ރިޒާވެއް އޮތުމަކީ ގައުމުގެ އިގްތިސާދީ ރައްކާތެރިކަމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު