އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓަށް 8 ލައްކައަށްވުރެ ގިނަ ވޯޓު ކަރުދާސް ޗާޕްކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި ފަހަރުގެ އިންތިޚާބުތަކުގައި ޖުމްލަ 294،876 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ކަމަށެވެ. ކޮންމެ ވޯޓުލާ މީހަކަށް ތިން ބާވަތެއްގެ ވޯޓު ކަރުދާސް ލިބޭނެއެވެ. އެއީ ކައުންސިލް އިންތިޚާބުގެ ކަރުދާހާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ކަރުދާހުގެ އިތުރުން ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ކަރުދާހެވެ.
މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 588 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. ކޮންމެ ވޯޓުލާ މަރުކަޒެއްގައިވެސް ތިން އިންތިޚާބަށް ވަކިވަކި ތިން ފޮށި ހުންނާނެއެވެ. ވޯޓުފޮށިތައް ބަހާލެވިފައިވާ ގޮތަށް ބަލާއިރު، މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި 9 ފޮށި، އަތޮޅުތަކުގެ ރަށްތަކުގައި 322 ފޮށި، ރިސޯޓުތަކުގައި 21 ފޮށި އަދި ޖަލުތަކުގައި 5 ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރ ޝަހުލާ އިސްމާޢީލް ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައިވެސް އިންތިޚާބަކަށް އެންމެ ގިނަ އަދަދަކަށް ވޯޓު ކަރުދާސް ޗާޕްކުރާ ފަހަރު ކަމަށެވެ. އަދި މިހާރު ކުރިއަށްދާ ޗާޕްކުރުމުގެ މަސައްކަތުގެ 85 އިންސައްތައާއި 95 އިންސައްތައާ ދެމެދުގެ މިންވަރެއް މިހާރު ނިމިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވޯޓު ކަރުދާސްތަކުގެ ރައްކާތެރިކަމާ ގުޅޭގޮތުން ކޮމިޝަނުން ބުނީ، ޗާޕްކުރާ ކޮންމެ ކަރުދާހެއް ވަކިވަކިން ބަލައި ޗެކްކުރުމަށްފަހު، ސެކިއުރިޓީ އުރަތަކުގައި ބަންދުކޮށް، ސެކިއުރިޓީ ފޮށިތަކުގައި ވޯޓުލާ މަރުކަޒުތަކަށް ފޮނުވުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. މި ފޮށިތައް ކަނޑައި ކަރުދާސްތައް ނަގާނީ ވޯޓުލާ ދުވަހު، އޮބްޒާވަރުންނާއި މޮނިޓަރުންގެ އިތުރުން ވޯޓުލާން ގޮސް ތިބޭ މީހުންގެ ކުރިމަތީގައެވެ.
މި އިންތިޚާބުގައި ތިން ކަރުދާހަށް ވޯޓުލާން ޖެހޭތީ، ކޮންމެ މީހަކުވެސް ވޯޓުލާއިރު ރަނގަޅު ކަރުދާސް ރަނގަޅު ފޮއްޓަށް ލެވޭތޯ ޔަޤީންކުރުމަށާއި، ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު