ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން، އެއަރޕޯޓުގެ ދެވަނަ ޓާމިނަލް ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޓްރެފިކް ފްލޯއަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ.
މިއަދު، 25 މާރިޗު 2026 ގެ ހެނދުނު 10:00 އިން ފެށިގެން އަމަލުކުރަން ފެށި މި ބަދަލާއެކު، ޓާމިނަލް 2 ގެ ކުރިމަތީގައި އޮންނަ ސަރަހައްދު މިހާރު ހަމަޖައްސާފައިވަނީ ހަމައެކަނި ފަސިންޖަރުން ބޭލުމަށާއި ބަރުކުރުމަށް ޚާއްޞަ ޒޯނެއްގެ ގޮތުގައެވެ. މިއީ އެއަރޕޯޓުގެ ޚިދުމަތްތައް ހަރުދަނާކޮށް، އެއްގަމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ތަރުތީބުކުރުމަށް އެމް.އޭ.ސީ.އެލް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގެނެވުނު ބަދަލެކެވެ.
އަލަށް ގެނެވުނު އިންތިޒާމުތަކުގެ ދަށުން، ޓާމިނަލް 2 ގެ އެރައިވަލް ބަޔާއި ރައުންޑްއެބައުޓާ (ބުރު) ދެމެދު އޮންނަ ސަރަހައްދު ހަމަޖައްސާފައިވަނީ ފަސިންޖަރުން ބޭލުމަށެވެ. މި ސަރަހައްދުގައި އެއްފަހަރާ ހަތަރު ޓެކްސީއަށް މަޑުކޮށްލެވޭނެ ގޮތަށް ފާހަގަޖަހާފައިވާ ސްލޮޓްތައް ވަނީ ހަދާފައެވެ.
މީގެ އިތުރުން، ޓާމިނަލް 2 ގެ ޑިޕާޗަރ ބަޔާއި ރައުންޑްއެބައުޓާ ދެމެދު އޮންނަ ސަރަހައްދު ވަނީ ފަސިންޖަރުން ބަރުކުރުމަށް ޚާއްޞަކޮށްފައެވެ. މި ސަރަހައްދުގައި އެއްފަހަރާ ފަސް ޓެކްސީއަށް މަޑުކޮށްލެވޭނެ ޖާގަ ވަނީ ތަނަވަސްކޮށްދީފައެވެ.
އެމއޭސީއެލުން ބުނީ މި އައު ބަދަލުތަކަށް އާންމުން އަހުލުވެރިކުރުވުމަށާއި، ޓްރެފިކް ކަންތައްތައް އޮމާންކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި، އެމް.އޭ.ސީ.އެލްގެ މުވައްޒަފުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާނެ ކަމަށެވެ. މި މުވައްޒަފުން ފަސިންޖަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އުޅަނދުތަކުގެ ހަރަކާތްތައް ބަލަހައްޓަމުން ގެންދާނެ ކަމަށް އެ ކުންފުނިން ވަނީ މަޢުލޫމާތު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު